Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކުއްތާ ބޭނުންކޮށްގެން ޑްރަގު ހޯދަން އެއާޕޯޓުގައި އޮޕަރޭޝަނެއް

ކުއްތާ ބޭނުންކޮށްގެން ޑްރަގު ހޯދަން އެއާޕޯޓުގައި އޮޕަރޭޝަނެއް

ކުއްތާ ބޭނުންކޮށްގެން ޑްރަގު ހޯދަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އޮޕަޜޭޝަނެއް ފަށައިފި އެވެ.

ފުލުހުން މިއަދު ހަވީރު ބުނީ އެއީ ކަސްޓަމްސްއާއި އެއާޕޯޓްސް ކޮމްޕެނީ ވެސް ގުޅިގެން ކުރިއަށް ގެންދާ އޮޕަޜޭޝަނެއް ކަމަށެވެ.

ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

Advertisement
Allied — Dhen Online (box)

އެ އޮޕަރޭޝަންއަށް ނެރެފައިވަނީ މަސްތުވާތަކެތި ހޯދުމަށް ހާއްސަ ތަމްރީން ދީފައިވާ ފުލުހުން ޑޯގް ސްކޮޑް އެވެ.

އެގޮތުން ދަތުރުކުރާ ފަސިންޖަރުންގެ ލަގެޖުތަކާއި އެހެނިހެން ސާމަނުތައް ކުއްތާތައް އިންސްޕެކްޓް ކުރާ މަންޒަރު ފެންނަ ފޮޓޯތައް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

ޑޯގް ސްކޮޑް ހިދުމަތުގައި އޮންނަތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް އެ ސްކޮޑް އާންމުކޮށް އެއާޕޯޓަކަށް ނުނެރެ އެވެ.

އެހެންވެ މި ފަަހަރު އެ ސްކޮޑް ނެރުނު ސީދާ ސަބަބެއް ސާފެއް ނުވެ އެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ވެސް ނުދެ އެވެ.

ބެލެވޭ ގޮތުގައި މި ފަހަރު އެ ސްކޮޑް ނެރުނީ ޑްރަގު އެތެރެކުރަން އުޅޭކަމުގެ  ހާއްސަ އިންޓަލިޖެންސްގެ މައުލޫމާތެއް ލިބިގެން ނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް