Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ނޭވާލާ ނިޒާމުގެ ބަލި, އާރްއެސްވީ ކުޑަކުދިންގެ މެދުގައި އިތުރުވަނީ

ނޭވާލާ ނިޒާމުގެ ބަލި, އާރްއެސްވީ ކުޑަކުދިންގެ މެދުގައި އިތުރުވަނީ

ނޭވާލާ ނިޒާމުގެ ބަލި, ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރްއެސްވީ) ކުޑަކުދިންގެ މެދުގައި އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ އެކަން ވަރަށް ގާތުން ދަނީ ބަލަމުން ކަމަށެވެ.

ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ.

Advertisement
Allied — Dhen Online (box)

ބަލިން ރައްކާތެރިވުމުގެ ގޮތުން އަތް ދޮވުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ.

އެޗްޕީއޭއިން ބުނީ އެ ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުންއައުމާއި ކެއްސުމާއި ނޭވާލާން އުނދަގޫވުން އަދި މޭގާއި ރިއްސުން ފަދަ އަލާމާތްތައް ހިމެނޭ ކަމަށެވެ. އަދި އެފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އެދިފައިވެ އެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ އަވަހަށް ބަލި ދެނެގަނެ, ފަރުވާ ދެއްވިޖެނަމަ ނަތީޖާ ރަނގަޅުވެގެންދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް