ޚަބަރު ސަރުކާރު

ލ. ގަމާއި ފޮނަދޫގައި ވެމްކޯގެ ހިދުމަތް ފަށަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ގަމާއި ފޮނަދޫގައި ވެމްކޯގެ ހިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން / ފޮޓޯ:ވެމްކޯ

ލ. ގަމާއި ފޮނަދޫގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.

Ads by MWSC

އެކަމާ ގުޅޭ މައުލޫމާތު "ދެން އޮންލައިން" އާ ވާހަކަ ދައްކަމުން ވެމްކޯގެ އޮފިޝަލަކު ވިދާޅުވީ އެ ދެ ރަށުގައި އަންނަ މަހުގެ ކުރީކޮޅު ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މަސައްކަތަށް ބޭނުންވާ މުވައްޒަފުންނާއި މެޝިނަރީޒްތައް ހަމަކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ.

"ދެ ރަށުން (ގަން އަދި ފޮނަދޫ) ކުރެ އެއްވެސް ރަށަކަށް މުވައްޒަފުން އެއްކޮށް ނެގިފައެއް ނުއެއްވޭ. އެކަމަކު މިހާރު ނެގިފައި ތިބި މުވައްޒަފުންނަށް ޓްރެއިނިން ދިނުން މިވަގުތު އެބަދޭ ކުރިއަށް،" އޮފިޝަލް ވިދާޅުވި އެވެ.

ގަމާއި ފޮނަދޫގައި ހިދުމަތް ފަށާއިރު ގާތްގަނޑަކަށް 30 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައި އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ އެވެ.

ފޮނަދޫގެ 950 ގޭބިސީ އަދި ގަމުގެ 750 ގޭބިސީއަކުން ކުނި ނެގުމުގެ ހިދުމަތް ވެމްކޯއިން ދޭނެ އެވެ. ދެ ރަށުގައި ވެސް ހިދުމަތް ދޭނީ ވަކިންނެވެ. އިދާރީ މަސައްކަތް ކުރުމަށް ބޭނުންވާ އޮފީސް ދެ ރަށުގެ ގާއިމުކޮށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ގަމާއި ފޮނަދޫގައި ވެމްކޯގެ ހިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން / ފޮޓޯ:ވެމްކޯ

"މި ރަށުގައި އުފެދޭ ކުނި މި ރަށުގައި ނައްތާލެވޭނެ ގޮތަށް ކުރިއަށް ގެންދާނީ. މަސައްކަތް މި ކުރަނީ މެޝިނަރީޒްތަކާ ހުރިހާ އެއްޗެއް ގެނެސްގެން މި ކޮޅުގައި ވެމްކޯއިންދޭ ކުނި މެނޭޖްކުރުމުގެ ހިދުމަތް އެދެވޭ ގޮތެއްގައި އެންމެ ފުރިހަމަ ގޮތުގައި ދެވޭތޯ،" އޮފިޝަލް ވިދާޅުވި އެވެ.

ވެމްކޯގެ ހިދުމަތަށް އަހުލުވެރި ކުރުމުގެ ގޮތުން "ފައްޓަމާ" ގެ ނަމުގައި އާއިލީ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެ ހަރަކާތަކީ ހިދުމަތް ފަށާ ރަށްރަށުގެ މުއައްސަސާތަކާ ގުޅިގެން ބާއްވާ ހަރަކާތެއް ކަމަށް ވެމްކޯގެ އޮފިޝަލް ވިދާޅުވި އެވެ. ފޮނަދޫގައި އެ ހަރަކާތް ކުރިއަށް ދާނީ ހުކުރު ދުވަހު އެވެ. ގަމުގައި ހަރަކާތް ބާއްވާނީ އާދިއްތަ ދުވަހު އެވެ.

ވެމްކޯއިން އަންނަނީ ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީ އާއި ރ. ވަންދޫ އަދި ކ. މާފުށީގައި ވޭސްޓް މެނޭޖްމަންޓުގެ ހިދުމަތް ދެމުންނެވެ.

Ads by Ooredoo
  1. އިއްބެ

    އަދުރޭ އޭރިޔާގައިމަސައްކަތްފެށޭނެ