ގެއްލިގެން ހޯދަމުން ދިޔަ ސާއިފް ފެނިއްޖެ

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ އެވެ.
ފުލުހުންގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުންދަނީ ހއ.ހޯރަފުށީ/ ހީރާ، މުހައްމަދު ސާއިފް (30އ) ގެއްލިގެން އުޅޭތީ ހޯދަމުންދާ ކަން ފުލުހުން ހާމަކުރީ މިއަދު މެންުދުރު އވެެ.
ހުޅުމާލޭގެ ފްލެޓް 205-2-35 ގައި ދިރިއުޅެމުންދާ ސާއިފް އެންމެ ފަހުން ފެނިފައިވަނީ ރޭ 21:00 ހާއިރު، ހުޅުމާލެ ފޭސް 3 އިން ކަމަށް ފުލުހުން އޭރު ބުންޏެވެ. އަދި އޭރު ލައިގެން ހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭގެ ފަހުން މިއަދު ހަވީރު ހައެއް ޖަހަން އުޅެނިކޮށް ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ އެ ޒުވާނާ ފެނިފައިވާ ކަމަށެވެ. އަދި ހާލުވެސް ރަނގަޅު ކަމަށެވެ.
ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ތިޔައީ ނަފުސާނީ ޒުވާނެއްބާ؟