Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އާންމު ތަނެއްގައި ވަޅި ގެންގުޅުނު ދެ މީހެއްގެ ބަންދުގެ މުއްދަތު  އިތުރުކޮށްފި

އާންމު ތަނެއްގައި ވަޅި ގެންގުޅުނު ދެ މީހެއްގެ ބަންދުގެ މުއްދަތު  އިތުރުކޮށްފި

އާންމު ތަނެއްގައި ވަޅި ގެންގުޅުނު ދެ މީހެއްގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

މާލެއަށް ނިސްބަތްވާ އަހުމަދު އިވާން ތޯހާ(21އ) އާއި މުހައްމަދު މުރާދު(33އ) ހައްޔަރުކުރީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އޭރު އެ މީހުންގެ ބަންދަށް 15 ދުވަސް ޖެހި އެވެ. އެހެންވެ އެމީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އިތުރު 15 ދުވަހު އެ ދެ މީހުންވެސް ބަންދުކުރަން އަމުރުކޮށްފަ އެވެ.

Advertisement
HDC — Sidebar (box)

އެ މައްސަލައިގައި އެ މީހުން ބުނީ އެ ވަޅިއަކީ ލަގްޒަރީ ފިހާރައިން ގަތް ވަޅިއެއް ކަމަށާއި އަދި ވަޅި ހިފައިގެން ދިޔައީ ރޫޓް ފިހާރައަށް ޒިޕޯ ފްލުއިޑް ގަންނަން ކަމަށެވެ. އަދި އެ މުއާމަލާތްތަކާ ގުޅޭ ސްލިޕްވެސް ފުލުހުން ހުށަހަޅާފައިވެ އެވެ.

އެ ދެމީހުންގެ ވެސް ކުށުގެ ރެކޯޑް އޮވެ އެވެ.

އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެހި އާންމު ތަނެއްގައި ގެންގުޅެ މަސްލަހަތު ނަގާލަން މަސައްކަތް ކުރުމެވެ.

ބަންދު އަމުުރުގައިވާ ގޮތުން އެ ދެ މީހުންގެ މައްޗަށް ވެސް ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު އެކަށީގެންވާ ތުހުމަތުތަކެއް އެބައޮތް ކަމަށާއި ނަމަވެސް އިންޓެލިޖެންސް ރިޕޯޓްއެއް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް