ޚަބަރު

ޕާމަސީއެއްގެ ޓިނު ނަގާ ސީލިންގް ފަޅާލާ ވަދެ, 24830 ރުފިޔާ ނެގި މީހަކަށް ދައުވާ ސާބިތެއް ނުވި!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ:ދެން

ޕާމަސީއެއްގެ ޓިނު ނަގާ, ސީލިންގް ފަޅާލައިގެން ވަދެ 24,830 ރުފިޔާ ނެގި މީހަކަށް ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

Ads by Sosun Fihaara

މިދިޔަ އޮކްޓޯބަރު 5 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ސޯސަންމަގުގައި ހުންނަ ސޯސަން ކެމިސްޓް ނަމަކަށް ކިޔާ ފާމަސީއަކުން ފައިސާ ނެގި މައްސަލާގައި ދައުލަތުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އުފުލާފައިވަނީ ގދ. ތިނަދޫ, ދިލްބަހާރުގެ, އަހުމަދު ނިއުޝަމްގެ މައްޗަށެވެ.

ޝަރީއަތުގެ މަރުހަލާގައި ނިއުޝަމް ދައުވާއަށް އިންކާރުކުރި ނަމަވެސް ދައުވާއަށް ހުށަހެޅިއިރު އިއުތިރާފުގެ އެއްބަސްވުމެއް ޝަރީއަތަށް ހުށަހެޅި އެވެ. އަދި ދައުވާއަށް އިންކާރުކުރުމުން އިއުތިރާފުގެ އެއްބަސްވުން ބަލައިނުގަތުމަށް ޝަރީއަތުން ނިންމި އެވެ.

ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި 7 ހެއްކެއްގެ ތެރޭގައި ހިމެނެނީ ދެ ފުލުސް އޮފިސަރަކާއި ސީން އޮފް ކްރައިމް އޮފިސަސް ރިޕޯޓް ތައްޔާރުކުރި ފަރާތާއި އެ ރިޕޯޓާއި އެ ރިޕޯޓާ ގުޅޭ ފޮޓޯގެ އިތުރުން އިއުތިރާފުގެ އެއްބަސްވުމަކާއި އިތުރު އެހެން ފަރާތެއްގެ ހެކި ބަހެވެ. އަދި ދިފާއުން ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.

ކޯޓު އަމުރެއްގެ ދަށުން ނިއުޝަން ހައްޔަރުކުރި ވަގުތު ދެ ފުލުސް އޮފިސަރެއް ކައިރީގައި އެ ފިހާރައިން 24,830 ރުފިޔާ ނެގި ކަމަށް ބުނެފައިވާ ހެކި ފިޔަވާ އެ އަމަލު ހިންގާފައިވަނީ ނިއުޝަމްކަން އެނގޭނެ އިތުރު ހެއްކެއް ދައުލަތުން ހުށައަޅާފައެއް ނުވާ ކަމަށް ޝަރީއަތުން ބުނެ އެވެ.

އެ މައްސަލާގައި ނިއުޝަމްއަށް ތުހުމަތުކުރެވުނީ ސީސީޓީވީ ފުޓޭޖަކަށް ބެލުމަށްފަހު ކަމަށް ހެކިބަސްދިން ފުލުހުންގެ ބަހުން އެނގުނު ނަމަވެސް ސީސީޓީވީ ފުޓޭޖު ހުށަހަޅާފައެއް ނުވާ ކަން ޝަރީއަތުން ފާހަގަކޮށްފައިވެ އެވެ.

އެ ފާމަސީގައި ސީސީޓީވީ ކެމެރާ ނެތް ކަމަށާއި އެ މައްސަލަ ހުށަހެޅި ފަރާތުން ފިހާރައާއި ޖެހިގެން ހުރި ގޯޅި ގަނޑު ތެރޭގައި ހުރި ސީސީޓީވީ ކެމެރާއެއްގެ ވީޑިއޯ ފުޓޭޖް އެ ފަރާތުގެ ފޯނަށް ރެކޯޑުކޮށްގެން ގެނެސްދީފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަން ހުކުމުން އެނގެ އެވެ. އަދި އެ ވީޑިއޯ ފުޓޭޖުން މި ކުށުގެ އަމަލު ހިންގީ ނިއުޝަމް ކަން ދެނެގަނެވުނު ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޭގެ އަސްލު ވީޑިއޯ ނަގަން ދިޔައިރު ވީޑިއޯ އޯވާ ރައިޓްވެފައިވާތީ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓް ތައްޔާރުކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ހުކުމުގައި ބުނީ އެ މައްސަލާގައި ކްރައިމް ސީނުން ފިންގަޕްރިންޓް ލިފްޓްކުރެވި ތަހުލީލުކުރެއވިފައިވާކަން ދައުލަތުން ފޯލިއޯ ނަންބަރު 11 ގައި ހުށަހަޅާފައިވާ ރިޕޯޓާއި ފިންގަޕްރިންޓް ދިމާނުވާ ކަމަށެވެ. އަދި ފިހާރައިގެ ބޭސް ތައް ބަހައްޓާ ހަރުގަނޑުގެ މަތިން ނެގުނު ލޭޓަންޓް ޕްރިންޓް އެއްވެސް މީހެއްގެ ޕިންގަޕްރިންޓާ ދިމާނުވާ ކަމަށް ވެސް ބުނެފައި ވެ އެވެ.

އެ މައްސަލަ ބެއްލެއްވި ގާޒީ އިބްރާހިމް އިހުސާން ވަނީ އެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އަދި އެހެނިހެން ހެކި ގަރީނާއިން އެ ދައުވާ ސާބިތުނުވާކަމަށް ނިންމާ ހުކުމްކޮށްފަ އެވެ.

Ads by HDC
  1. އަމާން

    ޤަބޫލު ކުރިޔަސް ނުކުރިޔަސް …..ކޮމެންޓް ޖެއްސަސް ނުޖެއްސަސް……ޙައްލަކީ ޢުމަރު………ޙުކުމް ތަންފީޒު ކުރަން ކެރޭނެ …ކުރާނެ….އެހިތްވަރު ހުންނާނެ….
    * ދައުލަތުން ވައްކަން ކޮށްފި ނަމަ…އަތް ކަނޑާނެ.
    * ޑްރަގު ހުއްޓުވާނެ….އެތެރެ ކުރާ ބޯޓު ފަހަރު މީހުން ދަމައިގެންފަ ފައްތާނެ.
    * މަރުގެ ޙުކުމް ތަންފީޒު ކުރާނެ.
    * ގޭންގް ހުއްޓުވާނެ.
    * މާރާމާރީ ގައި ކަނޑި އާއި ވަޅި ނަގައިފި ނަމަ ފުލުހުން ފިސްތޯލަ ނަގާނެ.
    * ގޭންގް ވުޖޫދުން ފޮހެލާނެ.
    ތައްޤީ ގެންނާނެ.
    * ތަޢުލީމީ ކުދިންނަށް ފުރުޞަތު ލިބޭނެ
    * އިސްލާމް ދީނަށް އިސްކަންދޭނެ.