Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް މުއިއްޒު އަވަހާރަކޮށްލަން އިންޒާރުދިން މައްސަލަ ސީރިއަސް މައްސަަލައެއްގެ ގޮތުގައި ބަލަން ޕީއެންސީން ގޮވާލައިފި

ރައީސް މުއިއްޒު އަވަހާރަކޮށްލަން އިންޒާރުދިން މައްސަލަ ސީރިއަސް މައްސަަލައެއްގެ ގޮތުގައި ބަލަން ޕީއެންސީން ގޮވާލައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލަން އިންޒާރުދިން މައްސަލަ ސީރިއަސް މައްސަަލައެއްގެ ގޮތުގައި ބަލަން ވެރިކަންކުރާ ޕީއެންސީން ގޮވާލައިފި އެވެ.

ރައީސް އަވަހާރަކޮށްލާނެކަމުގެ އިންޒާރު ދިނީ އެމަނިކުފާނު އދ. ގެ ބައްދަލުވުމުގައި ވާހަކަ ދައްކަވާ މަންޒަރު ފޭސްބުކްގައި ލައިވް ކުރަމުން ދިޔައިރު އަބްލޯ މިޔާދު ޔޫސުފް ނަަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ކުރި ކޮމަންްޓެއްގަ އެވެ.

އެކަމާ ގުޅިގެން ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ރައީސް އަވަހާރަކޮށްލާނެކަމަށް ބުނެ އިންޒާރު ދިނުމަކީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި އެކަށް ހަރުކަށި އިބާރާތުން އެ ޕާޓީން ވަނީ ކުށްވެރިކޮށްފަ އެވެ.

Advertisement
Allied Insurance — Square (box)

ޕީއެންސީން ބުނީ ރައީސްގެ ފުރާނަފުޅަށް ގެއްލުންވާނެ އަމަލެއް ހިންގާނެ ކަމަށް ވަރަށް ފާޅުގައި މީހަކު ބުނެފައިވާތީ އެ މައްސަލައަކީ ދައުލަތުގެ ތަހުގީގީ އިދާރާތަކުން އިސްކަން ދީގެން ބަލަންޖެހޭ މައްސަލައެއްކަމަށް ވެސް އެ ޕާޓީން ދެކޭ ކަމަށެވެ.

އެހެންކަމުން، ރައީސްއަށް މަރުގެ އިންޒާރު ދިން މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މައްސަލައިގައި އެކަށީގެންވާ ހަލުވި ތަހުގީގެއް ހިންގުމަށް ގާނޫނު ތަންފީޒުކުރާ ތަހުގީގީ އިދާރާތަކަށް ޕީއެންސީން ވަނީ ގޮވާލައިފަ އެވެ.

ރައީސްއަށް އިންޒާރު ދިން މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ނަމަވެސް އެ މައްސަލަ ބަލަމުންދާކަން ފުލުހުން ރޭ ވަނީ ހާމަކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް