Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހަ ކެފޭއެއް ރެއިޑްކޮށް 16 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ހަ ކެފޭއެއް ރެއިޑްކޮށް 16 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ހަ ކެފޭއެއް ރެއިޑްކޮށް 16 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެއާއި އޭގެ ކުރީ ދުވަހު އިމިގްރޭޝަންގެ ޓާސްކު ފޯސްއިން ހުޅުމާލޭގެ ފޭސް އެކެއްގައި ހިންގަމުންދާ ހަ ހޮޓާ/ކެފޭ ބަލައި ފާސްކުރި ކަމަށެވެ.

އަދި އެ ތަންތަނުން ގަވާއިދާ ހިލާފަށް ތިބި 16 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނައި ކަމަށެވެ.

Advertisement
HDC — Sidebar (box)

އަދި އޭގެތެރެއިން ނަގަންޖެހޭ ބައެއް ހުއްދަތައް ނުނަގާ ހިންގަމުންދިއަ ތިން ކެފޭއަކަށް ކަމާގުޅުންހުރި އިދާރާތަކުން ވަނީ ނޯޓިސް ދިންކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

އެ ރެއިޑުތަކުގައި އާންމުންގެ ފަރާތުން ދިން އެއްބާރުލުމަށް ވެސް އިމިގްރޭޝަނުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"ދެން" ހަވާސާއިން ބޭރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލުވާނެ ކަމަށެވެ. އަދި ވަކި ގައުމެއް ނުބަލާ ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން ޝަމްއާން ވަނީ ދެއްވާފަ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްޜޭޝަނުން ދަނީ ގަވައިދުން ރެއިޑްތައް ޖައްސަމަުން ނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް