ޚަބަރު

ދުނިޔެ ސަލާމަތްކުރުމަށް ދެމެހެއްޓެނިވި ގޮތްތައް ދަތުރުފަތުރު އަދި ފަތުރުވެރިކަމުގައި އިހްތިޔާރު ކުރަން ޖެހޭ: އަދީބު

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ދުނިޔެ ސަލާމަތްކުރުމަށް ދެމެހެއްޓެނިވި ގޮތްތައް ދަތުރުފަތުރު އަދި ފަތުރުވެރިކަމުގައި އިހްތިޔާރު ކުރަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

Ads by MWSC

އަދީބު މިފަދައިން އިކޮނޮމިކް ޓައިމްސްގެ ދަތުރުފަތުރާ ބެހޭ ބްލޮގް، ޓްރެވެލްވޯލްޑްގައި ފަތުރުވެރިކަމުގެ ދުވަހު ޝާއިޢުކުރެއްވި ލިޔުމެއްގައެވެ.

އަދީބު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތު މިހާރު ވަނީ ހަތަރު މަގު ބައްދަލުވަަ ހިސާބެއްގައި ކަމަށެވެ.

އަދީބު ވިދާޅުވީ ފަތުރުވެރިކަމުގެ ސަބަބުން ތިމާވެއްޓަށާއި އިޖްތިމާއީ ގޮތުން ކުރާ އަސަރުތަކަކީ ފަހަކަށް އައިސް ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ، ބަހުސްކުރެވެމުންދާ މައުލޫއެއް ކަމަށެވެ. އަދި އާންމު ގޮތެއްގައި ފަތުރުވެރިކަން ކުރިއަރުވާފައިވާ ގޮތުން ގުދުރަތީ ވަސީލަތްތަކަށާއި ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން އަދީބު ފާހަގަކުރެއްވި އެވެ.

ފަތުރުވެރިން ގިނައިން ޒިޔާރަތްކުރާ ތަންތަނުގައި ހުންނަ ގުދުރަތީ ވެށި އާއި ދިރޭތަކެތީގެ މާހައުލުތަކަށް އެކަށީގެންނުވާ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ވިދާޅުވެ އަދީބު ފާހަގަކުރެއްވީ ސްނޯކަލިން އާއި ބޯޓު ދުއްވުން ފަދަ ހަރަކާތްތަކުގެ ސަބަބުން ފަރުތަކަށް ލިބެމުންދާ ގެއްލުންތަކެވެ.

އަދީބު ވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ތަރައްގީކުރުމުގެ މުހިންމުކަން ފާހަގަކޮށް މުސްތަގުބަލުގައި ދަތުރުފަތުރުގެ ދާއިރާ ބައްޓަންކުރަންވީ ގޮތްތަކާ މެދު ވިސްނުން ހުޅުވާލުމަށް ގޮވާލައްވާފަ އެވެ.

Ads by Allied Insurance