Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިހާބު ނޮވެމްބަރަށް ފަސްކޮށްފި

ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިހާބު ނޮވެމްބަރަށް ފަސްކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން އަންނަ މަހު ބޭއްވުމަށް ތާވަލުކުރި ދާއިރާތަކުގެ އިންތިހާބު ނޮވެމްބަރަށް ފަސްކޮށްފި އެވެ. ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވަން ނިންމީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ. އެހެންނަމަވެސް ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް މިހާރު ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. ކޮންގްރެސް ޕާޓީން ރޭ ނެރުނު އިއުލާނެއްގައި ބުނީ އިންތިހާބު ބާއްވާ ތާރީހާއި ކުރިމަތިލުމަށް ދެވުނު މުއްދަތު އިތުރުކޮށްފައި ވަނީ މަގާމުތަކަށް ޝައުގުވެރިވާ ގިނަ ފަރާތްތަކަކުން އެކަމަށް އެދެމުން ގެންދާތީ ކަމަށެވެ. އިންތިހާބުގެ ތާރީހާއި މަގާމުތަކަށް ކުރިމަތިލުމަށް ދެވިފައިވާ ތާރީހުތަކަށް ބަދަލު އައުމާ އެކު، މަގާމުތަކަށް ކުރިމަތިލުމަށް ދިން މުއްދަތު ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުން އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 6:00 އަށް ވަނީ އިތުރުކޮށްފަ އެވެ. ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ކުރިމަތިލާން ހުޅުވާލާފައިވާ މަގާމުތަކަކީ:
  • ދާއިރާގެ ރައީސް އަދި ނައިބު ރައީސް
  • ޒުވާނުންގެ ހަރަކާތުގެ ރަށުގެ ރައީސް އަދި އަންހެނުންގެ ހަރަކާތުގެ ރަށުގެ ރައީސް
  • ސްޓިއަރިން ކޮމިޓީގެ މެމްބަރު
ސްޓިއަރިން ކޮމިޓީއަށް އިންތިހާބުކުރާ މަގާމުތަކަކީ ކޮމިޓީގެ އާންމު މެމްބަރާއި ޒުވާނުންގެ މެމްބަރުގެ އިތުރުން އަންހެނުންގެ މެމްބަރެވެ. އިންތިހާބުގައި މި މަގާމުތަކަށް 2،095 މެމްބަރުން އިންތިހާބު ކުރާނެ އެވެ. މަޖިލިހުގެ މެމްބަރުންގެ ގޮތުގައި އެ ޕާޓީ ތަމްސީލުކުރައްވާ މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަށް ވާނީ މެމްބަރުންނެވެ. އެ ދާއިރާތަކަށް ހޮވާނީ ނައިބު ރައީސުންނެވެ. އަދި އެ ނޫން ދާއިރާތަކަށް ރައީސުންނާއި ނައިބު ރައީސުން ހޮވާނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް