ޚަބަރު

8 މަސް ދުވަސް: ގޭންގް މައްސަލަތަކުގައި 2014 ފަހަރު ކުޑަކުދިންނާ ސުވާލުކުރި!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ދިވެހި ފުލުހުންގެ ޓީމެއް މާލޭ މަގުމަތީގައި ހަރަކާތްތެރިވަނީ

މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި ގޭންގްތަކާ ގުޅުންހުރި މައްސަލަތަކުގައި 2014 ފަހަރު ކުޑަކުދިންނާ ސުވާލުކުރި ކަމަށް ފުލުހުން ބުނެފި އެވެ.

Ads by MWSC

ފުލުހުން އެހެން ބުނީ ޖެނުއަރީ 1 އިން މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ އިދާރާގެ ގޭންގް ކްރައިމް އިންފޯސްމަންޓުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބުގަ އެވެ.

އެ ފަދަ މައްސަލަތަކާ ގުޅިގެން އެ މުއްދަތުގެ ތެރޭގައި 18 އަހަރުން މަތީގެ އަދި 18 އަހަރުން ދަށުގެ މީހުން ހިމެނޭ ގޮތަށް 12253 ފަހަރު ހުއްޓުވާ ސުވާލުކޮށްފައިވެ އެވެ. އަދި އޭގެ ތެރޭގައި 18 އަހަރުން މަތީގެ 2583 މީހެކު ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ 18 އަހަރުން ދަށުގެ 331 ކުޑަކުއްޖަކާ ސުވާލުކޮށްފައިވާއިރު އެ ކުދިންނާ 2014 ފަހަރު ސުވާލުކޮށްފައިވެ އެވެ. އަދި 173 އުޅަނދެއް އަދި 87775 ސަރަހައްދެއް ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ދެ ސަރަހައްދެއްގައި ހުރި ގޮނޑިއާއި މޭޒު ނަގާފައިވާއިރު 37 ގްރެޕިޓީއެއް ފޮހެލާފައިވާނެ ކަމަށެވެ.

އެފަދަ މައްސަލަތަކުގައި 67 މީހަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން 30 މީހަކު ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި 22 މީހަކު ފުލުހުންގެ ހައްޔަރުގައި ތިބިއިރު 15 މީހަކު ތިބީ ރިމާންޑް ޖަލުގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުންގެ އެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ވޭތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި އެ ފަދަ 22 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އަދި 8 މައްސަލައެއް ތަހުގީގުގެ މަރުހަލާ ނިންމުމަށްފަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރުމަށް އެދި ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާލެ ސަރަހައްދުގައި ކުރަން ފަށާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ދެއްވި ބަސްދީގަތުމެއްގައި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ސްޓްރެޓީޖިކް ޕްލޭން 2024-2028 ގައި ކަނޑައެޅިފައިވާ ގޭންގް ކުށްތަށް ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށްވެސް ތަފާތު މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

Ads by HDC
  1. އަމާން

    ކުރާ ބޯޓު ފަހަރު މީހުން ދަމައިގެންފަ ފައްތާނެ.
    * މަރުގެ ޙުކުމް ތަންފީޒު ކުރާނެ.
    * ގޭންގް ހުއްޓުވާނެ.
    * މާރާމާރީ ގައި ކަނޑި އާއި ވަޅި ނަގައިފި ނަމަ ފުލުހުން ފިސްތޯލަ ނަގާނެ.
    * ގޭންގް ވުޖޫދުން ފޮހެލާނެ.
    ތަރައްޤީ ގެންނާނެ.
    * ތަޢުލީމީ ކުދިންނަށް ފުރުޞަތު ލިބޭނެ
    * އިސްލާމް ދީނަށް އިސްކަންދޭނެ.