ޚަބަރު

ޖަލީލާ ގުޅޭ މުދަލުގެ މައްސަލަ ސިވިލް ކޯޓު މެދުވެރިކޮށް ކުރިއަށް ގެންދަން ފުލުހުން އިރުޝާދުދީފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ސަލްމާން މިސްކިތުގެ އިމާމު އަދި އިސްލާމިކް މިނިސްޓަރުގެ ނައިބު އަބްދުލް ޖަލީލު އިސްމާއީލާ ގުޅޭ މުދަލާއި ގޯތި ގެދޮރާ ގުޅޭ މައްސަލަ ސިވިލް ކޯޓު މެދުވެރިކޮށް ކުރިއަށް ގެންދަން އިރުޝާދު ދީފައިވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by STELCO

މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ޖަލީލާ ގުޅުންހުރި ޕޯޖުކުރުމުގެ މައްސަލައެއް މި މަހުގެ 19 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފިހާރައެއްގެ ތެރޭގައި ދެ ފަރާތުގެ މެދުގައި ހިނގި ހިތްހަމަނުޖެހުމުގެ މައްސަލަ މި މަހުގެ 23 ވަނަ ދުވަހު ރިފޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެ މައްސަލަވެސް ތަހުގީގުކުރަމުންދާ ކަމަށެވެ.

މި މައްސަލަ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާއަށް ތިލަވި ވީޑިއޯއަކާއެކު އެވެ. ފިހާރައެއްގައި ތިބި ދެ އަންހެނަކު ނެރުމަށް ޖަލީލު މަސައްކަތް ކުރަމުންދާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.

ޖެނުއަރީ 2, 2022 ގައި ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ހއ. ހޯރަފުށީ ހާޝިމް މުހައްމަދުގެ ވިޔަފާރިތަކަށް އަތްގަދަކޮށްފައިވާ ކަމުގެ ތުހުމަތުތައް ޖަލީލުގެ މައްޗަށް ކުރެ އެވެ.

ހާޝިމްގެ ވިޔަފާރިކުރަމުން ދިޔައީ އަންހެން ދަރިފުޅުގެ ހިއްސާ އޮންނަ ގޮތަށް ކަމަށްވާއިރު 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ފޯޖުކުރުމުގެ މައްސަލަ އަކީ ހާޝިމް މަރުވި ފަހުން އޭނާގެ ދަރިފުޅުގެ ސޮއި ފޯޖުކޮސްގެން ޖަލީލުގެ ނަމަށް ވިޔަފާރި ބަދަލުކުރި ކަމަށް ބުނާ މައްސަލަ އެވެ.

Ads by Allied Insurance
  1. އިއްބެ

    އިސްލާމީ އިމާމެއްވީމާ ވާނީއެހެން