ކެއްސާތީ ދޭ، ކޮފްސީ ސިރަޕް ބޭނުންކުރަން ހުއްދަދީފި

ކެއްސާތީ ދޭ, ކޮފްސީ ސިރަޕް ރާއްޖޭގައި ބޭނުންކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލުން ހުއްދަ ދީފި އެވެ.
އެ ބޭސް މަނާކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
އޭރު އެމްއެފްޑީއޭއިން ބުނީ ކޮފްސީ ސިރަޕްގެ 100 މިލި ލީޓަރުގައި ކުނޑި ކޮޅު ކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ ކަންތައް އިތުރަށް ބެލުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭރު ބޭސް މަނާކޮށްފައިވަނީ އެ މައްސަލަ ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެނެވެ.
އެ ބޭހަކީ އިންޑިއާގެ ޗެންނާއީގެ އުފެއްދުމެކެވެ. މި ވައްތަރުގެ ކޮފްސީ ސިރަޕަކީ ރާއްޖޭގައި ވަރަށް އާންމުކޮށް ބޭނުންކުރާ ބޭހެކެވެ.