Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެންނަން އަމުރުކޮށްފި

އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެންނަން އަމުރުކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފިއެވެ.

ފުލުހުން ވިދާޅުވީ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް އިއްޔެގެ ވަގުތެއްގައި ނެރެފައިވާ ކަމަށެވެ. އަދި އެ އަމުރާ ގުޅިގެން ފުލުހުން ކުރަން ޖެހޭ ކަންކަން މިހާރު ކުރައްވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

ޢަލީ ވަޙީދުގެ މައްޗަށް ދައުލަތުން ޖިންސީ ކުށުގެ ގިނަ ދައުވާތަކެއް އުފުލައިފައި ވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެދިވަޑައިގަތުމުން ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓު ދޫކޮށްފައެވެ. ޕާސްޕޯޓު ދޫކޮށްލެއްވުމާ އެކު އޭނާ ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އަދި، ޝަރީޢަތް އޮންލައިންކޮށް ހިންގަން އޭނާ އެދިވަޑައިގަތުމުން ކުރިމިނަލް ކޯޓުން ވަނީ އެ ފުރުޞަތު ވެސް ދީފައެވެ.

Advertisement
Ooredoo — Square (box)

އެ މައްސަލައިގެ ޝަރީއަތަށް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ނުވެ އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި ނިންމުން ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން ކޯޓުން ވަނީ ސުޕްރީމް ކޯޓްގެ ޝަރީއަތަށް ހާޒިރުވުމަށް އޭނާއަށް ޗިޓު ފޮނުވައިފައެވެ. ނަމަވެސް އަލީ ވަހީދު ކޯޓަށް ހާޒިރުވެފައި ނުވާތީ ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި އޭނާގެ މައްޗަށް 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް