Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ވިޔަފާރި

އެމްޕީއެލުން ހުޅުމާލޭގައި 10 ފަންގިފިލާގެ އިމާރާތެއް އަޅަނީ

އެމްޕީއެލުން ހުޅުމާލޭގައި 10 ފަންގިފިލާގެ އިމާރާތެއް އަޅަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ 10 ފަންގިފިލާގެ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.

ހުޅުމާލެ ފެރީ ޓާމިނަލްގެ ކުރިމަތިން އޮންނަ ބިމުގައި އެމްޕީއެލުން އެޅުމަށް ނިންމާފައި ވަނީ ކޯޕަރޭޓް އޮފީސް އިމާރާތެކެވެ. އިމާރާތް ކުރަނީ 9،580 އަކަފޫޓުގެ ސަރަހައްދެއްގަ އެވެ.

ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއާ ގުޅޭގޮތުން އެމްޕީއެލުން އިއްޔެކުރި އިއުލާނުގައި ވަނީ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމަށް އެދިފަ އެވެ.

Advertisement
Allied — Dhen Online (box)

އިމާރާތުގައި ކޮންފަރެންސްތަކާއި އިވެންޓްތައް ބާއްވަން ހާއްސަ ފަންގިފިލައެއް ހުންނާނެ އެވެ. ކެފޭ އާއި ރެސްޓޯރެންޓްތަކަށް ހާއްސަ ފަންގިފިލައަކާ އަދި ވިޔަފާރިތަކަށް ފަންގިފިލާތަކެއް ވަނީ ކަނޑައަޅާފަ އެވެ. މީހުން ދިރިއުޅުމަށް އަށް ވަނަ އަދި ނުވަ ވަނަ ފަންގިފިލާ ހާއްސަކޮށްފައިވާއިރު، އިމާރާތުގެ އެންމެ މަތީގައި ރެސްޓޯރެންޓެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުންފުނީގެ އިދާރީ ބޭނުންތަކުގެ އިތުރުން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށް އިމާރާތުގައި ހާއްސަ އޮފީސް ޖާގަތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެކަމަށް ހަ ފަންގިފިލާއެއް ހާއްސަކޮށްފައިވެ އެވެ. އަދި ބޭސްމެންޓަކާއި ޕާކިންއަށް އޭރިއާއެއް ވެސް އެ އިމާރާތުގައި ހިމެނެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް