ޚަބަރު

ރާއްޖެއަށް ބޭސް އިމްޕޯޓްކުރާ ޕޯޓުތަކުގެ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަ ކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހެލްތް މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިން/ ފޮޓޯ: ދެން

ބޭސް އިމްޕޯޓްކުރާ ޕޯޓުތަކުގެ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަ ކުރަން ނިންމައިފި އެވެ.

Ads by STELCO

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ)އިން މިއަދު ނެރުނު ބަޔާނުގައި ބުނީ އިންޑިއާގެ އެކި ކުންފުނިތަކުން އުފައްދާފައިވާ 48 ބޭހެއްގައި ކޮލިޓީގެ ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ.

އެކަމަ ގުޅިގެން  އިންޑިއާގެ ބޭސް ގިއުލޭޓްކުރާ މައި އިދާރާ، ސީޑީއެސްސީއޯއިން ވެސް އެކަން ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ  މާކެޓުގައި އަދި އެޕްރޫވްޑް ޑްރަގް ލިސްޓުގައި އެ ބޭސްތައް ހިމެނޭތޯ ބަލަން ގިނަ މަސައްކަތްތަކެއް ކޮށް، މާކެޓް އިވެލުއޭޝަން ހަދާފައިވާ ކަމަށް އެމްއެފްޑީއޭއިން މިއަދު ވަނީ ބުނެފަ އެވެ.

އަދި އެ ލިސްޓުގެ 44 ވަނައިގައި ހިމެނޭ ބޭހަކީ ރާއްޖެއިން 2017 ވަނަ އަހަރު ހުއްދަދީފައިވާ ލިސްޓުގައި ހިމެނޭ ބޭހެެއް ކަމަށާއި 2018 އިން ފެށިގެން އެ ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވެފައި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެކުރާތީ އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ.

"އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެއަށް ބޭސް އިމްޕޯޓުކުރާ ޕޯޓުތަކުގެ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަކޮށް، މިފަދަ ބޭސްތައް އެތެރެވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ." އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

Ads by Allied Insurance