މަރާމާތަށް ހިޔާގެ ބައެއް ފްލެޓްތަކުން މިރޭ ފެން ކެނޑިދާނެ: އެމްޑަބްލިއުއެސްސީ

މަރާމާތަށް ހިޔާގެ ދެ ފްލެޓެއްގެ ބައެއް ފަންގިފިލާތަކުން މިރޭ ފެން ކެނޑިދާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން މިރޭ ބުނީ ހިޔާ ފްލެޓް ހަތެއް އަދި 11އިގެ މީޓިން ރޫމްގެ މެއިންޓެނެންސް މަސައްކަތްތަކެއް ކުރުމަށްޓަކައި މިރޭ މެންދަމު އެކަކުން ދޭކަށް ފެން ކެނޑިދާނެ ކަމަށެވެ.
އެގޮތުން ފެން ކަނޑޭނީ ހިޔާ ފްލެޓް ހަތެއްގެ 17އިން 25 ވަނަ ފަންގިފިލާއަށް ކަމަށެވެ. އަދި ހިޔާ ފްލެޓްގެ 11އިގެ އެކަކުން އަށްވަނަ ފަންގިފިލާއަށް ކަމަށެވެ،
"މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ކުންފުނީގެ ފަރާތުން ނިހާޔަތަށް މާފަށް އެދެމެވެ" އެމްޑަބްލިއުއެސްސީން ބުނެފައި ވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަދަން ފަށައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގައި ދޫކުރި ހިޔާ ފްލެޓްތަކުގައި 7000 އެއްހާ އާއިލާ ދިރިއުޅެ އެވެ.