Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބަންދުގައި ތިބި މީހުންގެ ބަންދު މުރާޖާކުރުމަށް އެދުމުގެ ފުރުސަތު ޕީޖީއިން ހުޅުވާލައިފި

ބަންދުގައި ތިބި މީހުންގެ ބަންދު މުރާޖާކުރުމަށް އެދުމުގެ ފުރުސަތު ޕީޖީއިން ހުޅުވާލައިފި
މިހާރު ކޯޓަށް ހުށަހެޅިފައިވާ ދައުވާތަކާއި ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޕްރޮސިކުއުޓާ ޖެނެރަލް އޮފީހުން ހުޅުވާލައިފި އެވެ. އެ އޮފީހުން އެ ފުރުސަތު ހުޅުވާލާފައިވަނީ އިއްުޔެއިން ފެށިގެން 20 ދުވަހުގެ މުއްދަތަކަށެވެ. ޕީޖީއިން ބުނީ މުރާޖައާކުރުމަށް އެދި ހުށަހަޅާ ފޯމު އެ އޮފީހާއި އެ އޮފީހުގެ ގޮފިތަކާއި ޕޮލިސް ސްޓޭޝަންތަކުންނާއި ކަރެކްޝަނަލް ސާވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ލިބޭނެ ކަމަށެވެ. އަދި އޮންލައިންކޮށް އެ ފޯމު ޑައިންލޯޑު ކުރެވޭނެ ކަމަށް ޕީޖީއިން ބުނެ އެވެ. ޕީޖީއިން ބުނީ އެ ފޯމު އޮންލައިންކޮށް ވެސް ހުށަހެޅޭނެ ކަމަށެވެ.

އެ ފޯމުގައި މުރާޖައާކޮށްދިނުމަށް އެދޭ މައްސަލާގެ ކުރު ހުލާސާއަކާއި އެގޮތަށް އެދޭ ސަބަބު ވެސް ބަޔާންކުރަން ޖެހެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް