Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަނަށް މެމްބަރުން އައްޔަންކޮށްފި

އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަނަށް މެމްބަރުން އައްޔަންކޮށްފި
އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނުގެ ދަށުން އުފައްދާފައިވާ "އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަން" އަށް މެމްބަރުން އައްޔަންކޮށްފި އެވެ. އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހު އެވެ. އި އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން އެ ގާނޫނު އެ ދުވަހު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި އަށް މެންބަރުންގެ މައްޗަށް އެކުލެވޭ "ޓްރައިޕަޓައިޓް އެޑްވައިޒަރީ ބޯޑު" ގެ ނަމުގައި ބޯޑެއް އުފައްދަން ޖެހޭނެ ކަަމަށް ބުނެފައިވެ އެވެ. އަދި "އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަން" ގެ ވަކި ޑިވިޒަނެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އުފެއްދުމަށް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ. ހަޔަ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނީ އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނުން އުފައްދާފައިވާ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަނަށް މެމްބަރުން އިއްޔެ އައްޔަނުކޮށްފައިވާ ކަމަށެވެ. އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަނަށް އައްޔަނުކުރި 11 މެމްބަރުން:
  • މ. ވޭންކޫވަ، މާލެ، އަލްއުސްތާޛާ ފާތިމަތު ސައުސަން (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރު)
  • ހ. މީނާޒް، މާލެ، ފަޒުލޫން ހަމީދު (މަސައްކަތްތެރިން)
  • މާވިނަ، ކ. ކާށިދޫ، މަރިޔަމް އިނާޝާ (މަސައްކަތްތެރިން)
  • އިވްނިންގް ފްލާވަ، ސ.ހަތަދޫ، އާއިޝަތު މަހާރަތު (މަސައްކަތްތެރިން)
  • ރެޑްހައުސް، ސ. މީދޫ، އަހްމަދު ޝިހާމް (މަސައްކަތްތެރިން)
  • އަނބުމާގެ، ގއ. ދާންދޫ، އާއިޝަތު އަލީ (މަސައްކަތްތެރިން)
  • ހުޅުމާލެ ހިޔާ 06-22-6، މާލެ، އާތިފް އަބްދުލްހަކީމް (މަސައްކަތްތެރިން)
  • މއ. ސެނެކާ، ކ. މާލެ، ފާތިމަތު ޖޫނީ ލަތީފް (ވަޒީފާދޭ ފަރާތްތައް)
  • މ. ވާރޭވިލާ، މާލެ، އަސްއަދު އަލީ (ވަޒީފާދޭ ފަރާތްތައް)
  • މާދަޑު، ވިކްޓަރީ، ޏ. ފުވައްމުލަށް، އިޔާޒް ވަހީދު (ވަޒީފާދޭ ފަރާތްތައް)
  • މ. ޕާލް ގްރީން، މާލެ، އާމިނަތު މިރްފަތް އަހްމަދު (ވަޒީފާދޭ ފަރާތްތައް)
އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނުގައި ގާނޫނު އަސާސީގެ ދަށުން ލިބިދޭ މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި އެފަދަ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކުރިއަރުވައި އެ ހައްގުތައް ކަށަވަރު ކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ބަޔާންކޮށްފައިވެ އެވެ.
އަދި އެ ހައްގު ލިބިދެވޭނެ ދާއިރާ އެކަށައެޅުމާއި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާގުޅޭ އުސޫލުތައް ހިމަނާފައިވެ އެވެ.
އޭގެ އިތުރުން މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމާ ގުޅޭ އުސޫލުތަކާއި ޓްރޭޑް ޔޫނިއަންތަކާގުޅޭ އެނޫންވެސް ކަންކަން އިންތިޒާމު ކުރުމުގެ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް