ޚަބަރު އިޖުތިމާޢީ

ހަތިޔާރާއެކު ސިފައިން ތަމްރީންތަކެއް ކުރިއަށް ގެންދަނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

މާލެ ސަރަހައްދުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަތިޔާރާއެކު އަސްކަރީ ތަމްރީންތަކެއް ފަށަން ހަމަޖެހިއްޖެ އެވެ.

Ads by STELCO

އެމްއެންޑީއެފް އިން ބުނީ އެ ތަމްރީނުތަކުގައިި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވުމަށް ހަމަޖެހިފައިވީ ނަމަވެސް، ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި ބާވަތެއް ބޭނުން ނުކުރާނެ ކަމަށެވެ.

މި ތަމްރީންތައް ކުރިއަށްދާނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާ ހަމައަށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ތަމްރީންތައް ކުރިއަށްދާ ސަރަހައްދުތަކަކީ ހުޅުމާލެ ފޭސް ތިނެކާއި، ފަރުކޮޅުފުށި އާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ މެއިން ބަސް ސްޓޭޝަން ( ފެރީ ޓާމިނަލް ކުރިމަތި) ކަމަށެވެ.

މި ތަމްރީނާ ބެހޭ އިތުރު މައުލޫމާތު އެމްއެންޑީއެފް އިން ހިއްސާކޮށްފައެއް ނުވެ އެވެ.

Ads by Allied Insurance