Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ރަނގަޅު ނަތީޖާއެއް ހޯދޭނީ އަބަދު "ފޮތެއްގެ ތެރޭގައި" އުޅެގެން ކަމަކަށް ނުދެކެން: މާރިޔާ

ރަނގަޅު ނަތީޖާއެއް ހޯދޭނީ އަބަދު "ފޮތެއްގެ ތެރޭގައި" އުޅެގެން ކަމަކަށް ނުދެކެން: މާރިޔާ
ކިޔެވުމުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނީ ހަމައެކަނި އަބަދު "ފޮތެއްގެ ތެރޭގައި" އުޅެގެން ނޫން ކަމަށާއި އޭގެ އިތުރުން ތިމާގެ ޖިސްމާއި ނަފުސަށް ފައިދާހުރި ކަންކަމުގައި ޝާމިލުވެގެން ކަމަށް ހަޔަ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ. ސަރުކާރުން ފަހިކޮށްދީފައިވާ ސްކޮލާޝިޕްގެ ފުރުސަތުގައި މިހާތަނަށް ހޮވުނު 14 ދަރިވަރުންގެ ތެރެއިން ފުރުމަށް ތައްޔާރުވެފައިވާ 11 ދަރިވަރުންނަށް ބޭއްވި ހާއްސަ ހަފުލާގައި ދެއްކެވި ވާހަކައިގައި މާރިޔާ ވިދާޅުވީ ފުރިހަމަ ތައުލީމަކީ ހަމައެކަނި ފޮތުން ހޯދޭނެ އެއްޗެއް ނޫން ކަމަށެވެ. އެއީ އުޅޭ މާހައުލާއި ކުރެވޭ އާ ތަޖުރިބާތަކުން ތިމާގެ ރޫހަށާއި ޖިސްމަށް ލިއްބައިދޭ ހަމަޖެހުން ޝާމިލުވެގެން ހޯދޭނެ އެއްޗެއް ކަމަށެވެ. އެގޮތުން ހަމައެކަނި ފޮތް ކިއުމުގެ އިތުރުން އިތުރު ހަރަކާތްތަކަށް ވެސް ވަގުތު ހޭދަކުރަން ޖެހޭ ކަމަށެވެ. މާރިޔާ ވިދާޅުވި ގޮތުގައި އޭރުން ކިޔަވައި ނިމި ހިދުމަތަށް ނުކުންނައިރު މީހާއަކީ ހުރިހާ ގޮތަކުން ގާބިލުކަން އިތުރުވެފައިވާ މީހަކަށް ވާނެ ކަމުގަ އެވެ. އެހެންވުމާ އެކު ލިބުނު ހާއްސަ ފުރުސަތުގެ ބޭނުން އޭގެ އެންމެ މަތީ ދަރަޖައިގައި ހިފައި ވީހާވެސް، މޮޅު އެކަޑެމިކް ނަތީޖާ ހޯދަމުން ދިއުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވި އެވެ.
"މިކަން ހާސިލުވާނީ ކޮންމެހެން އަބަދު ފޮތެއްގެ ތެރޭގައި އުޅެގެން ކަމަކަށް އަޅުގަނޑެއް ނުދެކެން. ތިމާގެ ވަގުތުގެ ފައިދާ އެންމެ މޮޅަށް ނަގަން ދަސްކުރުމަކީ މިކަމުގެ އެންމެ މުހިންމު ފިޔަވަޅު ކަމަށް އަޅުގަނޑު ދެކެން. އެ ވަގުތު ބަހާލަން އަޅުގަނޑަށް ފެންނަނީ ތިމާގެ ޖިސްމާއި ރޫހަށް ފައިދާކުރަނިވި ކަންކަމުގެ މައްޗަށް،" މާރިޔާ ވިދާޅުވި އެވެ.
އެގޮތުން ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮ ކަމަށް ވަގުތު ދޭންވާނެ ކަމުގަ އެވެ. އިލްމާއި ހުނަރު އުނގެނުމަށް އޭރުން މަގުފަހިވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ ކިޔެވުމުގައި އެ ކުއްޖަކު ދިރިއުޅޭ މާހައުލެއްގައި ހުންނަ ރަނގަޅު ފައިދާހުރި ކަންކަން ލިބޭ އިތުރު ވަގުތުތަކުގައި އުނގެނި ދަސްކުރުމަކީ ކުރިމަގުގައި ފައިދާކުރާނެ ކަމެއް ކަމަށެވެ. ގައުމުތަކުގެ މުއްސަނދި ސަގާފަތުން ކަންކަން ދަސްކޮށް، ދޭދޭ ގުޅުންތައް ބަދަހި ކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް އެގޮތަށް ކަންކަން ބައްޓަން ކުރާއިރު، އަބަދުވެސް ތިމާމެންގެ ދީނާއި ސަގާފަތް ހަނދާން ނައްތާލައިގެން ނުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ އިތުރަށް އެފަދަ އެހެން ކަންކަމަށް ސަމާލުކަންދީގެން ރާއްޖޭގެ ތަރައްގީއަށް ހިދުމަތް ކުރުމަށް ބޭނުންވާ ގާބިލުކަމާއި ހުނަރު ހޯދައިގެން އެނބުރި ގައުމީ ހިދުމަތަށް ނިކުތުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް