ޚަބަރު

ނުރައްކާތެރި ކެމިކަލްއާ ގުޅޭ އޮޕަަރޭޝަން: 402 ތަނެއް ބަލައި ފާސްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްއެންޑީއެފް ކުރިއަށް ގެންދާ ކެމިކަލް އިންސްޕެކްޝަންގެ ތެރެއިން--

ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހުރިތޯ ބެލުމަށް އެމްއެންޑީއެފްއިން ހިންގާ "އޮޕަރޭޝަން ހިރާސް ފާސް" ގެ ދަށުން ގިނަ އަދަދެއްގެ ތަންތަން ބަލައިފި އެެވެ.

Ads by STELCO

ޑިފެންސް މިނިސްޓްރީން ބުނީ އެ އޮޕަރޭޝަންގެ ދަށުން ފުރަތަމަ 3 ދުވަހުގެ މަތިން، އިންސްޕެކްޝަން ޓީމްތަކުން ވަނީ، މީހުން ދިރިއުޅޭ 347 އިމާރާތާއި، ނުރައްކާތެރި ކެމިކަލް ގުދަންކުރާ 31 ގުދަނާ އަދި ކެމިކަލް ވިއްކާ 24 ފިހާރަ ބަލައި މަޢުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 15 އަށެވެ.

އެ އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން، ގްރޭޓަރ މާލެ އޭރިއާގައި ފަސޭހައިން އަލިފާންރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ވެސް މި އޮޕަރޭޝަންގެ ތެރެއިން ދެނެގަންނާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ކެމިކަލް ގެންގުޅުމުގައި އާ އުސޫލުތަކެއް އެކުލަވާލައި މާލޭގައި ކެމިކަލް ގުދަން ކުރުން މަނާކުރީ 2019 ވަނަ އަހަރު މާލޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ހާދިސާއާ ގުޅިގެން ނެވެ. އެ ފަހަރު ހިނގި އަލިފާނުގެ ހާދިސާއަކީ ފަހުގެ ތާރީގެއްގައި ރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ އެވެ.

މިހާރު ކެމިކަލް ގުދަން ކުރެވޭނީ ވަރަށް ހަރުކަށި އުސޫލުތަކެއްގެ ތެެރެއިން ހުޅުމާލެއިން ހާއްސަ ސަަރަހައްދެއްގަ އެވެ.

Ads by Allied Insurance