ޚަބަރު

ބަންދު މުރާޖާކުރަން  ޝަކުވާ ހުށަހަޅައިފިނަމަ އެކަން ކޯޓުގެ ސަމާލުކަމަށް ގެންނާނަން: ޕީޖީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕްރޮސިކިއުޓާ ޖެެނެރަލް އައްބާސް ޝަރީފް-

ބަންދު މުރާޖާކުރަން  ޝަކުވާ ހުށަހަޅައިފިނަމަ އެކަން ކޯޓުގެ ސަމާލުކަމަށް ގެންނާނެކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.

Ads by MWSC

މިހާރު ކޯޓަށް ހުށަހެޅިފައިވާ ދައުވާތަކާއި ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޕީޖީ އޮފީހުން ހުޅުވާލީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ހުޅުވާލާފައިވަނީ  20 ދުވަހުގެ މުއްދަތަކަށެވެ.

އެކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނީ ޝަކުވާ ހުށަހަޅާ ފަރާތްތަކުން ހުށަހެޅުންތައް މުރާޖާކޮށް އެންމެ އަވަސް މިނުގައި ގޮތެއް ނިންމުމަށް ޕީޖީ އޮފީހުގެ މަސައްކަތްތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ.

އެގޮތުން މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި އަދި ބަންދުކޮށްފައިތިބި މީހުންގެ ބަންދު މުރާޖާކުރުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ބަންދުގެ ހާލަތަށް ބަދަލުގެނެވިދާނެ ކަމަށް ޕީޖީއަށް ފެންނަ މައްސަލަަތަކުގައި ބަންދު މުރާޖާކުރަން ކޯޓުގެ ސަމާލުކަމަށް ގެންދާނެ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

"މި އޮފީހުން ކޯޓަށް ހުށަހަޅައި ހިނގަމުންދާ ދައުވާތަކާއި އިސްތިއުނާފަަކާ ބެހޭ ޝަކުވާއަކާ ގުޅިގެން ހިނގަމުންދާ ޝަރީއަތްތައް ފަސްކޮށްދިނުމަށް މި އޮފީހުން ކޯޓުގައި އެދޭނީ އެ މައްސަލައެއްގެ ހުކުމަކާ ހިސާބަށް ގޮސްފައިވާ މައްސަލަތަކުގައި އެކަންޏެވެ" ޕީޖީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

Ads by HDC