Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އޯޓިޒަމް ދެނެގަތުމާ ގުޅޭ ރާއްޖޭގެ ފުރަތަމަ ޑޮކްޓަރަކަށް ފަޒްނާ

އޯޓިޒަމް ދެނެގަތުމާ ގުޅޭ ރާއްޖޭގެ ފުރަތަމަ ޑޮކްޓަރަކަށް ފަޒްނާ

އޯޓިޒަމް ދެނެގަތުމާ ގުޅޭ ރާއްޖޭގެ ފުރަތަމަ ހާއްސަ ޑޮކްޓަރަކަށް އައިމިނަތު ފަޒްނާ ވެއްޖެ އެވެ.

އެ ދާއިރާއިން ފަޒްނާ ކިޔަވާ ވިދާޅުވީ ނެޝެނަލް ޔުނިވަސިޓީ އޮފް މެލޭޝިއާގެ އިތުރުން އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާއިން އެވެ.

އަދި ފަޒްނާ މިހާރު ވަނީ އައިޖީއެމްއެޗާއި ގުޅިވަޑައިގެންފަ އެވެ.

Advertisement
Ooredoo — Square (box)

އައިޖީއެމްއެޗުން ބުނީ ފަޒްނާ އެ ހޮސްޕިޓަލާ ގުޅުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަދި ފަޒްނާއަކީ އޯޓިޒަމްއާއި އޭޑީއެޗްޑީއާއި އެކި ކަހަލަ ޑިވޮލޮޕްމަންޓަލް ޑިސްއޯޑާތަކުގެ ފުރިހަމަ ޑައިގްނޯސްޓިކް އެސެސްމަންޓް ހެދުމުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރެއް ކަމަށް އައިޖީއެމްއެޗްއިން ބުނެފައިވެ އެވެ.

ރާއްކޭގައި ފަހަކަށް އައިސް އޯޓިޒަމް ހުންނަ ކުދިން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް