Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެމްޑީޕީގެ ރައީސް އދ.ގެ ސެކެޓްރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި

އެމްޑީޕީގެ ރައީސް އދ.ގެ ސެކެޓްރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި

އެމްޑީޕީގެ ރައީސް އަދި އދ ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުތިއަރޭޒްއާއި ބައްދަލުކުރައްވައިފި އެވެ.

ޝާހިދު އެންޓޯނިއޯއާ ބައްދަލުކުރެއްވީ އދގަ އެވެ.

އެ ބައްދަލުވުމަށް ފަހު ޝާހިދު އެކްސްގައި ވިދާޅުވީ އދ އަށް އެނބުރި ވަޑައިގެންނެވުމަކީ ޝަރަފެއް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އަދި އދ އަށް ކުރެއްވި ޒިޔާރަތުގައި އިންޓަނޭޝަނަލް ކޮމިއުނިޓީ އޯގަނައިޒޭޝަންގެ މަސައްކަތްތަކުގައި އުޅުއްވި އިރު އެންޓޯނިއޯއާ ބައްދަލުކުރެއްވުމުގެ ޝަރަފް ލިބިވަޑައިގެންނެވި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ދެ ބޭފުޅުންގެ ވެސް އަމާޒަކީ ޑިޕްލޮމަސީގެ ތެރެއިން ގެންދެވޭނެ އެންމެ މައްޗަށް ގެންގޮސްގެން ކަންކަން ކުރުން ކަމަށާއި އަދި ހިލާފު އުފެދިފައިވާ މައްސަލަތަކަށް ހައްލު ހޯދުމާއެކު އިތުބާރު އުފެއްދުން ކަމަށެވެ.

ހަމަ އެހެންމެ ބައިބައިވެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި އޮތް ކަންކަން ހައްލުކޮށް ސުލްހަ ގާއިމުކުރުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް