Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް މުދައްރިސުންނަށް: މަސްއޫލިއްޔަތު އުފުލުގެ ޝައުގާ ގާބިލުކަން އަށަގަންނަވައިދެއްވާ!

ރައީސް މުދައްރިސުންނަށް: މަސްއޫލިއްޔަތު އުފުލުގެ ޝައުގާ ގާބިލުކަން އަށަގަންނަވައިދެއްވާ!

ދަރިވަރުންގެ ކިބައިގައި މަސްއޫލިއްޔަތު އުފުލުގެ ޝައުގާއި ގާބިލުކަން އަށަގަންނަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މުދައްރިސުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ރައީސް އެެހެން އެދިވަޑައިގެންނެވީ ރާއްޖެ އިސްލާމްވި ދުވަހަށް 898 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގަައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދަކީ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަސްވެސްމެ އެވެ. މުދައްރިސުންގެ ދުވަހަށް އަލިއަޅުއްވަލައްވައި ރައީސް ވިދާޅުވީ ރާއްޖޭގައި ގެދޮރާއި އުމްރާނީ ތަަރައްގީކުރާ ފަދައިން ފިކުރާއި ސިކުނޑީގެ ގޮތުން ބިނާކުރަން ބޭނުންވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

ރައީސް މުއިއްޒު ވިދާޅުވީ އިންސާނިއްޔަތާއި އަހުލާގާއި މާނަވީ ހަރުދަނާކަން އަދުގެ ޖީލުތަކަގައި އަށަގަންނަވަން ބޭނުންވާ ކަމަށާއި އެކަމުގައި ހުރިހާ މުދައްރިސުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ރައީސް ވަނީ ދިވެހި ދަރިން ދިވެހި ގައުމިއްޔަތަށް އަހުލުވެރިކޮށްދެއްވާ, ދިވެހިންގެ ހަރުދަނާ މާތް ސިފަތަކުން ޒީނަތްތެރިކޮށްދެއްވުމަށް މުދަރިސުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަން އަށަގަންނަވައިދެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

އެކަމުގައި ދިވެހި ރައްޔިތުންގެ އެއްބާލުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެކަމަށްޓަކައި އާރާސްތުކުރަން ޖެހޭ އެތައް ބިނާއެއް އެބަހުރި ކަމަށާއި ދިއްލަން ޖެހޭ އެތައް ވޮށެއް އަދި ރޯކުރަން ޖެހޭ އެތައް ދަންމަރެއް އެބަހުރި ކަމަށެވެ.

އަދި އެންމެން އެކަތިގަނޑެއްގެ ގޮތުގައި އެއް ރޫހެއްގައި ގަދައަޅާ ހާލަތު ބަދަލުކުރަން މަސައްކަތް ފެށުމަށް ރައީސް ގޮވާލެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ހާލަތު ބަދަލުކޮށް, އިސްލާހަށް މަސައްކަތް ފެށުމުން މާތްﷲ އެކަމަށް ތައުފީގު ދެއްވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް