ޚަބަރު

ދިރާސާ ކުރުމާ ގުޅޭ މުބާރާތެއް އައިޔޫއެމްއިން މުބާރާތެއް ބާއްވަނީ 

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ދިރާސާ ކުރާ ފަރާތްތަކަށް ހާއްސަކޮށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

Ads by MWSC

ސަރުކާރުން ހިންގާ "ސަރުކާރު" ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރުގައި ބުނެފައިވަނީ އެ މުބާރާތަކީ "ރިވެލި 2024" ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މުބާރާތެއް ކަމަށެވެ.

އެ މުބާރާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވާފައިވާ ފަދައިން ތަރައްގީގެ ބިންގަލެއްގެ ގޮތުގައި ދިރާސާކުރުމަށް ލޯބިކުރާ މުޖްތަމައުއެއް ބިނާކުރުމަށް އަމާޒުކޮށް ބާއްވާ މުބާރާތެކެވެ.

އައިޔޫއެމްއިން ބުނީ އެ މުބާރާތުގައި ދިރާސާކުރުމަށް އާންމުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމާއި ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންނަށް އެ ދަރިވަރުން ޝައުގުވެރިވާ ދާއިރާތަކާއި ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަށް އާންމުންނަށް ހުށަހެޅުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

މި މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ބައިވެރިވެ ވަނަ ހޯދާ ފަރާތްތަކަށް 5،000 ރުފިޔާގެ އިނާމް ދިނުމަށް ނިންމާފައިވެ އެވެ. އަދި އެ މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ވެސް ހަމަޖެހިފައިވެ އެވެ.

އައިޔޫއެމްއިން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ގޫގަލް ލިންކު މެދުވެރިކޮށް މައުލޫމާތު ފުރިހަމަކުރުމަށް ފަހު ބާއިވެރިވުމަށް ރަޖިސްޓާ ކުރެވޭނެ ކަމަށެވެ.