Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބްރޯޑްކާސްޓް ކޮޓަރީގެ މަސައްކަތް ކުރިއަށްދާތީ މަޖިލިސް ފެށުން ފަސްކޮށްފި 

ބްރޯޑްކާސްޓް ކޮޓަރީގެ މަސައްކަތް ކުރިއަށްދާތީ މަޖިލިސް ފެށުން ފަސްކޮށްފި 
ބްރޯޑްކާސްޓް ކޮޓަރީގެ މަސައްކަތް ކުރިއަށްދާތީ ރައްޔިތުންގެ މަޖިލިސް ފެށުން ފަސްކޮށްފި އެވެ. މާދަމާ މަޖިލިސް ފެށުމަށް ތާވަލުކޮށްފައިވަނިކޮށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ އިދާރާއިން ފޮނުވި މެސެޖުގައި ބުނެފައިވަނީ މަޖިލިސް ފެށުން ފަސްކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހަށް ކަމަށެވެ. އެ އިދާރާއިން ބުނީ އެ ބަދަލު ގެނައީ ބްރޯޑްކާސްޓް ކުރުމަށް އާ ވީޑިއޯ ރޫމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާތީ މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓް ކުރުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއަށްފަހު މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވާފައިވެ އެވެ. އެ ދެ ޖަލްސާ ބާއްވާފައިވަނީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށެވެ. ޕީޖީގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރުމާ ގުޅިގެންނެވެ.
ގާނޫނުގައި އޮންނަނީ ޕީޖީގެ މަގާމު ހުސްވެއްޖެ ނަމަ، ލަސްވެގެން 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަންކުރަން ޖެހޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް