Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފުލުހުންގެ އޮންލައިން ހިދުމަތްތައް އަލުން ދޭން ފަށައިފި

ފުލުހުންގެ އޮންލައިން ހިދުމަތްތައް އަލުން ދޭން ފަށައިފި

ފުލުހުންގެ އޮންލައިން ހިދުމަތްތައް އަލުން ދޭން ފަށައިފި އެވެ.

ފުލުހުން މިދިޔަ ހުކުރު ދުވަހު ބުނީ އޮންލައިން ހިދުމަތްތައް މެދެކެނޑުނީ އެ އިދާރާގެ ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެހެންވެ އޮންލައިންކޮށް ދެމުންއައި ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށް 'އެކްސް' ގައި ހުކުރު ދުވަހު ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

Advertisement
Ooredoo — Truecaller (box)

އޭގެ ފަހުން މިއަދު ހެނދުނު 11 ޖެހިއިރު ކުރި ޕޯސްޓެއްގައި ބުނީ  ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ދެން"އަށް ވިދާޅުވީ ކުރިއެކޭ އެއްގޮތަށް މިހާރު ފުލުހުންގެ އޮންލައިން ހިދުމަތްތައް ލިބޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް