ޚަބަރު

ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ފައިސާ ދޫކުރަން ގާނޫނަށް އިސްލާހު ހުށަހަޅަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ފައިސާ ދޫކުރަން ގާނޫނަށް އިސްލާހު ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

Ads by Hajj Corporation

އިލެކްްޝަންސް ކޮމިޝަންގެ މެމްބަރު ޒަކަރިއްޔާ 'ދެން' އަށް މިއަދު ވިދާޅުވީ އެގޮތަށް އިސްލާހު ހުށަހަޅަން ނިންމީ ސިޔާސީ ޕާޓީތަކާއެކު ބޭއްވި މަޝްވަރާތަކަށް ފަހު ކަމަށެވެ.

އަދި ސިޔާސީ ޕާޓީތަަކުގެ ގާނޫނަށް އިސްލާހު ގެންނަން އެޓާނީ ޖެނެރަލްގެ އޮފީހަށް ބުރާސްފަތި ދުވަހު ހުށަހަޅުއްވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ޒަކަރިއްޔާ ވިދާޅުވީ އެ އިސްލާހު ފާސްވެއްޖެނަމަ 3000 ހަމަވާ ކޮންމެ ޕާޓީއަކަށްވެސް ސިޔާސީ ޕާޓީތަަކަށް ދޫކުރާ ފައިސާގެ 25 ޕަސެންޓް ލިބޭނެ ކަމަށެވެ. އަދި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް، ޕާޓީތަކަށް ދޫކުރާ ފައިސާގެ 25 ޕަސެންޓް ދޫކުރާނެ ކަމަށެވެ.

ބާކީ ފައިސާ ދޫކުރާނީ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލިބޭ ނިސްބަތަށާއި ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއީ މަޖިލިސް އިންތިހާބުގެ ނަތީޖާއިން 30 ޕަސެންޓް އަދި ކައުންސިލް އިންތިހާބުގެ ނަތީޖާއިން 20 ޕަސެންޓްގެ ފައިސާ ލިބޭ ގޮތަށެވެ.

https://domainauthority.web.id/check-da-pa-bulk/