Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާލޭގައި އިމާރާތް ކުރާ ވަގުފު ބިލްޑިންގެ ކުރެހުން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

މާލޭގައި އިމާރާތް ކުރާ ވަގުފު ބިލްޑިންގެ ކުރެހުން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

މާލޭގައި އިމާރާތް ކުރާ ވަގުފު ބިލްޑިންގްގެ ކުރެހުން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީގެ ފަރާތުން މާލޭގެ 64 ނަންބަރު ކޮށީގައި ދާރުލް އަރުގަމްގެ ނަމުގައި އޮފީސް އިމާރާތް އަޅަން ނިންމާފައިވާ ކަމަށެވެ.

އެހެންވެ އެ ތަނުގެ ކޮންސެޕްޓް ޑިޒައިން، ޑްރޯވިންގްސް، ބީއޯކިޔުއާއި، ޓެކްނިކަލް ސްޕެސިފިކޭޝަން، މެޓީރިއަލް ސްޕެސިފިކޭޝަން އަދި ޓެންޑާ ޑޮކިއުމެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.

Advertisement
Allied Insurance — Square (box)

އިސްލާމިކް މިނިސްޓްރީން ބުނީ އެ ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ.

އަދި އެ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ހުޅުމާލޭގައި ދާރުއްސަލާމްގެ ނަމުގައި ހަދާ 12 ބުރީގެ ވަގުފު އިމާރާތް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ އޮގަސްޓު މަހު އިއުލާންކުރި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް