Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސަށް މަރުގެ އިންޒާރުދިން މީހާ ރާއްޖެ އައިތަނުން ހައްޔަރުކޮށްފި

ރައީސަށް މަރުގެ އިންޒާރުދިން މީހާ ރާއްޖެ އައިތަނުން ހައްޔަރުކޮށްފި

ސޯޝަލް މީޑީއާގައި ރައީސް ޑރ މުހައްމަދު މުއިއްޒު އަށް މަރުގެ އިންޒާރު ދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ރައީސްއާ ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިނުމުގެ އިތުރުން އެހެން ފަރާތްތަކަށް ނިސްބަތްކޮށް "މަރާލާނެ" ކަމަށް ބުނެ އިންޒާރުދީ ހަޑިހުތުރު ބަހުން އެކި ޕޯސްޓުތައް ކުރަމުންދާ މައްސަލާގައި ހައްޔަރުކުރީ ގ. ސަންސަންގެއާގެ، އަބްދުﷲ މިޔާދު (40އ) ކަމަށެވެ.

ފުލުހުން ބުނީ މަރުގެ އިންޒާރު ދިނުމުގެ އިތުރަށް އެއް ޖިންސުގެ ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ފޭސްބުކްގައި ޕޯސްޓުތައް ކުރަމުން އައި މިޔާދު ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި ހުރެފައި މިރޭ ރާއްޖެ އައި ވަގުތު ކަމަށެވެ.

Advertisement
Allied — Dhen Online (box)

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް