ޚަބަރު

45 އަހަރުނުވާ އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ނުގެންދެވޭ ގޮތަށް އުސޫލު އެކުލަވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އުމްރާއަށް ދިޔަ ދިވެހިންތަކެއް

އުމުރުން 45 އަހަރުނުވާ އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ނުގެންދެވޭގޮތަށް ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު އެކުލަވާލައިފި އެވެ.

Ads by Hajj Corporation

ސަރުކާރުގެ ގެޒެޓުގައި އިސްލާމިކް މިނިސްޓްރީން މިއަދު ޝާއިއުކުރި އުސޫލުގައި ބުނީ މިއީ އުމްރާއަށް މީހުން ގެންދާ ފަރާތްތަކާއ،ި އުމްރާވެރީންގެ ހައްގުތަށް ހިމާޔަތްކޮށް އުމްރާއަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންގެ ފައިސާ ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ ގޮތްތަކާއ،ި ފެންވަރު ރަނގަޅު ހިދުމަތެއް ލިބޭނެ ފަދަ އިންތިޒާމެއް
ހަމަޖައްސައިދިނުމުގެ މަގުސަދުގައި އެކުލަވާލި އުސޫލެއް ކަަމަށެވެ.

އަދި އުމްރާގެ ހިދުމަތްދޭ ކުންފުނިތަކުގެ އުމްރާގެ ހިދުމަތާ ގުޅޭ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމަކީ އުސޫލު ގެ މަގުސަދެއް ކަމަށެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުގައި އުމުރުން 45  އަހަރު ހަމަނުވާ އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ގެންގޮސްގެން ނުވާނެ އެވެ. އަދި  18 އަށާރަ އަހަރު ނުވާ ފިރިހެންކުދީން ބެލެނިވެރިޔަކާ ނުލައި އުމްރާއަށް ގެންގޮސްގެން ނުވާނެއެވެ.

އަދި ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ނުވަތަ ސިއްހީ ގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް ކުޅަދާނަ ވެގެންނުވާކަމަށް ކުންފުންޏަށް ފެންނަ ފަރާތެއް އެހީތެރިޔަކާއެކު ގެންދާގޮތަށް ނަމަވެސް އެ ފަރާތަކަށް އުމްރާގެ އަޅުކަން އަދާކުރެވޭނެކަމަށް ދިވެހި ސަރުކާރު ގަބޫލުކުރާ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ދޫކޮށްފައިވާ ލިޔުމާއެކު ނޫނީ އުމްރާއަށް ގެންގޮސްގެން ނުވާނެކަމަށް ބުނެފައި ވެއެވެ.

ހަމަ އެހެންމެ ދޭން ކަނޑައަޅާ ހިދުމަތްތަކާ އެކަށީގެންނުވާ އަގުތައް ޢުމްރާއަށް ދާ މީހުންގެ އަތުން ނަގައިގެން ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.