Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދިއްދޫގައި ގާއިމުކުރާ ޖޫނިއާ ކޮލެޖުގެ 90 ޕަސެންޓް ނިމިއްޖެ

ދިއްދޫގައި ގާއިމުކުރާ ޖޫނިއާ ކޮލެޖުގެ 90 ޕަސެންޓް ނިމިއްޖެ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މަތީ ތައުލީމު ކުރިއެރުވުމަށް އަމާޒުކޮށް، ހައ. ދިއްދޫގައި ގާއިމުކުރާ  ޖޫނިއާ ކޮލެޖުގެ 90 ޕަސެންޓް ނިމިއްޖެ އެވެ.

އެ މިނިސްޓްރީން މިއަދު ސަރުކަރުން ހިންގާ "ސަރުކާރު" ނޫހުގައި ޝާއިއުކުރި ހަބަރެއް ގައި ބުނީ އެ ކޮލެޖުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް ނިމި، ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތުގެ ބޮޑުބައެއް ވެސް މިހާރު ވަނީ ނިމިފައިވާ ކަމަށެވެ.

އަދި އެ މަސައްކަތް ނިމި، ދިއްދޫގެ ޖޫނިއާ ކޮލެޖްގައި ކިޔަވައިދޭން ފަށާނެކަމަށް ލަފާކުރަނީ 2025 ވަނަ އަހަރު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

އޭގެ އިތުރުންމި އިންސްޓިޓިއުޓް ހިންގުމުގެ އިދާރީ މަސައްކަތްތަށް ކުރުމަށް ތައްޔާރުވުމުގެ އިތުރުން ކިޔަވައިދިނުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް