ޚަބަރު

ރައީސަށް މަރުގެ އިންޒާރުދިން މީހާ 15 ދުވަހަށް ބަންދުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސްއަށް މަރުގެ އިންޒާރުދިން މީހާ--

ސޯޝަލް މީޑީއާގައި ރައީސް ޑރ މުހައްމަދު މުއިއްޒު އަށް މަރުގެ އިންޒާރު ދިން މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

Ads by STELCO

ރައީސްއާ ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިނުމުގެ އިތުރުން އެހެން ފަރާތްތަކަށް ނިސްބަތްކޮށް "މަރާލާނެ" ކަމަށް ބުނެ އިންޒާރުދީ ހަޑިހުތުރު ބަހުން އެކި ޕޯސްޓުތައް ކުރަމުންދާ މައްސަލާގައި ހައްޔަރުކުރީ ގ. ސަންސަންގެއާގެ، އަބްދުﷲ މިޔާދު (40އ) ކަމަށެވެ.

މިޔާދު ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި ހުރެފައި ރޭ ރާއްޖެ އައި ވަގުތު އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި މިޔާދުގެ ބަންދާމެދު ގޮތެއް ނިންމަން މިރޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މަރުގެ އިންޒާރު ދިނުމުގެ އިތުރަށް އެއް ޖިންސުގެ ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ފޭސްބުކްގައި މިޔާދު ޕޯސްޓުތައް ވެސް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!