Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރާއްޖެއިން ތަރައްގީއަށް ކުރި ދަތުރުގައި ޔޫއެންޑީޕީން މުހިންމު ދައުރެއް އަދާކުރި: ރައީސް

ރާއްޖެއިން ތަރައްގީއަށް ކުރި ދަތުރުގައި ޔޫއެންޑީޕީން މުހިންމު ދައުރެއް އަދާކުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ޔޫއެންޑީޕީން ގާއިމުވެގެން ތިބޭތާ 45 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ހާއްސަ ހަފްލާގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށާއި އަދި ދިވެހީން ދެކެން ބޭނުންވި ތަރައްގީއާ ދިމާލަށް ދިއުމަށް ޔޫއެންޑީޕީއާއެކު މުހިންމު މަސައްކަތްތަކެއް ކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވު އެވެ.

ރައީސް ވިދާޅުވީ ޔޫއެންޑީޕީއާއި އަދި ރާއްޖޭގެ ގުޅުން ބިނާވެފައި ވެސް އޮތީ އެއް ވިސްނުނަމަކުން ކަަމށެވެ.

Advertisement
Allied — Dhen Online (box)

އޭގެ ތެރޭގައި ތަރައްގީއާއި އިންސާނީ ކަރާމަތާއި ދެމެހެއްޓެނިވި ތަރައްގީ ހިމެނޭއިރު އޭގެން ކޮންމެ ރައްޔިތަކަށް ވެސް ތަރައްގީގެ ފުރުސަތުތައް ހޯދައިދިން ކަމަަށެވެ.

ރައީސް ވިދާޅުވީ ޔޫއެންޑީޕީން ރާއްޖޭގައި ގާއިމުވި ފުރަތަމަ ދުވަސްވަރު ރާއްޖެއަކީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު ޒަމާނީ ގައުމަކަށް ބަދަލުވެފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުން 2011 ވަނަ އަހަރު ރާއްޖެ އަރައިގަތުމުގައި ޔޫއެންޑީޕީ ދިން އެކްސްޕާޓް އެހީތެރިކަން މުހިންމު ދައުރެއް އަދާކުރި" ރައީސް ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް