Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިދިކޮޅުގައި އޮންނައިރު ފައިސާފޮއްޗެއް ދިއްކޮށްލާނެ މީހަކު ނުވޭ: ސޯލިހު

އިދިކޮޅުގައި އޮންނައިރު ފައިސާފޮއްޗެއް ދިއްކޮށްލާނެ މީހަކު ނުވޭ: ސޯލިހު
އިދިކޮޅުގައި ތިބޭއިރު ސިޔާސީ ޕާޓީތަކަށް ފައިސާ ދޭނެ ބަޔަކު ނުވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. މިދިޔަ 5 އަހަރު ވެރިކަން ކުރެއްވި ސޯލިހު އެހެން ވިދާޅުވީ "ލާމަރުކަޒީ ގުޅުން" ނަމުގައި އެމްޑީޕީން ކުޅުދުއްފުށީ ސިޓީގައި މިހާރު ކުރިއަށް ގެންދާ ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގަ އެވެ. ސޯލިހު ވިދާޅުވީ މިހާރު ކުރިއަށްގެންދާ އެ ބައްދަލުވުމަަކީ ވަރަށް މުހިއްމު ވަގުތެއްގައި ބޭއްވޭ ބައްދަލުވުމެއް ކަމަށެވެ.

ސޯލިހު ވިދާޅުވީ އެމްޑީޕީ މިއަދާ ހިސާބަށް އައިއިރުގައިވެސް ޕާޓީ ހިންގުމުގެ ތެރޭގައި ކައުންސިލަރުންގެ ދައުރަކީ އެހާ ބޮޑަށް އޮތް ދައުރެއް ނޫން ކަމަށެވެ. އެމްޑީޕީއަށް 19 އަހަރު ވެގެންދާއިރުވެސް އެ މުހިއްމު ބަދަލު މިއަދާ ހިސާބަށް ނުގެނެވި އޮތް އޮތުމާއި މެދު ވިސްނާލަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ މިއަދު އެ ބަދަލު ގެނެސް ޕާޓީގެ ހިންގުމުގެ ތެރޭގައި ކައުންސިލަރުންގެ ދައުރު ފުޅާކުރުމަށްޓަކައި ހެޔޮ ބަދަލުތަކެއް ގެންނަން ފަށާފައިވާ ކަމަށެވެ.

ޕާޓީގެ ހިންގުމަށް ގެނެވޭ އިތުރު ބަދަލުތަކެއް މިހާރުވެސް ކުރިއަށްދާކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ އޭގެ ތެރެއިން އެންމެ މުހިއްމު ބަދަލަކީ މާލީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޕާޓީގެ ތެރެއިން ފަށާ މަސައްކަތް ކަމަށެވެ.

Advertisement
Allied — Dhen Online (box)

ވިދާޅުވީ ވެރިކަމުގައި ޕާޓީ އޮންނައިރުގައި އަމިއްލައަށް އެދިގެންވެސް ވަރަށް ފަސޭހައިން މީހުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.

"އެހެންނަމަވެސް އިދިކޮޅުގައި ތިބޭއިރުގައި ފައިސާ ފޮއްޗެއް ދިއްކޮށްލާނެ މީހަކު ނުވޭ. ބިރުވެރިކަމުގެ ތެރެއަށްވެސް ވަންނަނީ. ސަރުކާރުގެ ނުފޫޒު, ހާއްސަކޮށް ޑީއާރްޕީއިން ފެށިގެން. ޑީއާރުޕީ ކަމަށްވިޔަސް ޕީޕީއެމް ކަމަށްވިޔަސް ޕީއެންސީ ކަމަށްވިޔަސް ވެރިކަމަށް އަތުވެއްޖެއްޔާ އެ ބިރުވެރިކަން އާންމުންގެ ތެރޭގައި އެބަ ފަތުރާ. ވިޔަފާރިވެރިންނަށްވެސް އެ ބިރު އެބަ ދައްކާ"

ސޯލިހު ވިދާޅުވީ އިދިކޮޅު ޕާޓީއަށް އެހީއެއް ފޯރުކޮށްދިނުމަކީ ބިރުވެރި ކަމަށްކަށްވެފައި އޮންނަ ކަމަށާއި އޭގެ ސަބަބުން އިންތިހާބުތަކަށް ކުރިމަތިލާއިރު ކުރަން ޖެހޭ ހަރަދުތަކާއި ޕާޓީ ހިންގުމަށް ކުރަން ޖެހޭ ހަރަދުތައް ކުރުމުގައި ދަތިތަކެއް ކުރިމަތިލާން ޖެހޭ ކަމަށެވެ.

މިހާތަނަށް އައިއިރުގައި ޕާޓީއަކީ ވަކި މީހެއްގެ ފަހަތުގައި އެނބުރޭ ޕާޓީއަކަށްވެއޮތްކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ އަލަށް ގެންނަ ބަދަލުތަކާއެކު އެކަން ބަދަލުވެގެންދާނެ ކަމަށެވެ. އެމްޑީޕީއަކީ އެންމެންގެ ޕާޓީއަކަށްވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް