Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފްލެޓް ލިސްޓް މި މަހު ނެރެނީ 

ފްލެޓް ލިސްޓް މި މަހު ނެރެނީ 

މިދިޔަ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް މި މަހު އިއުލާނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެ މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި މަަސް ނިމުމުގެ ކުރިން އެ ލިސްޓު އިއުލާން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ސީދާ ތާރީހެއް ނުބުނެ އެވެ.

މިދިޔަ ރިޔާސީ އިންތިހާބަށް ކުޑަދުވަސްކޮޅަކަށްވެފައިވަނިކޮށް އެ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް އާންމުކުރި އެވެ. އެހެންނަމަވެސް ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތުގައި ގިނަ ބަޔަކު ޝަކުވާ ހުށަހެޅި އެވެ.

Advertisement
Allied Insurance — Square (box)

އެ މައްސަލަ ތަހުގީގުކުރުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަނުން ކޮށްފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކަށް ޝަރުތު ހަމަނުވާ ކަމަށް އެ ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.

ފްލެޓްތައް ހަވާލުނުކޮށް ގިނަ ދުވަސްތަކެއްވެފައިވާއިރު މިއީ އާންމުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. އެކަމާ ގުޅިގެން މީގެ ކުރިން އިހުތިޖާޖުތައްވެސް ކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް