ޚަބަރު ސަރުކާރު

ހުޅުމާލެއިން ބީލަމުގެ އުސޫލުން 18 ބިމެއް ވިއްކަނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ހުޅުމާލެއިން ބީލަމުގެ އުސޫލުން 18 ބިމެއް ވިއްކަން ހުޅުވާލައިފި އެވެ.

Ads by Sosun Fihaara

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސެޕްޓެމްބަރު މަހު އިއުލާންކުރި 16 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށެވެ. އެހެން ނަމަވެސް އެ އިއުލާން އިސްލާހުކޮށް މިއަދު ކުރި އިއުލާނުގައި އިތުރު 18 ބިމެއް ހިމަނާފައިވެ އެވެ.

ބީލަމުގެ އުސޫލުން ހުޅުވާލި 18 ބިމުގެ ތެރެއިން 2 ބިމެއް ބީޗް ފްރަންޑުން ހުޅުވާލާފައިވާއިރު، 16 ބިމެއް ހުޅުވާލާފައިވަނީ ބީޗް ސައިޑުންނެވެ.

ބީޗް ފްރަންޑުން ހުޅުވާލާފައިވަނީ 1،454.19 އަކަފޫޓުގެ ބިމަކާއި 1،261.36 އަކަފޫޓުގެ ބިމެކެވެ. އަދި ބީޗް ސައިޓުން ހުޅުވާލާފައިވަނީ 1316 އަކަފޫޓުގެ 15 ބިމާއި،  1،584 އަކަފޫޓުގެ އެއް ބިމެވެ.

މީގެ ކުރިން ކުރި އިއުލާނުގައި ބީލަމުގެ އުސޫލުން ހުޅުވާލި 13 ބިން ހުޅުވާލަފައިވަނީ ބީޗް ސައިޓުންނެވެ. މި 13 ބިމުގެ އަކަފޫޓަކީ 1864 އާއި 2408 އެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަ ޖެހޭ ޝަރުތުތަކަކީ:

  1.  18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން
  2. ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުން

ބީލަމުގެ އުސޫލުން ބިންތައް ދޫކުރަން ހަމަޖެހިފައިވަނީ ދެ މަރުހަލާ އަކަށް ބަހާލައިގެން ކަމަށް އެޗްޑީސީ އިން ބުންޏެވެ. އެއީ ޕޯޓަލް މެދުވެރިކޮށް ޝައުގުވެރިވެލެއްވާ ބިމަށް އެކްސްޕްރެޝަން އޮޮޕް އިންޓްރެސްޓް (އީއޯއައި) ހުށަހަޅައިގެންނާއި، އެއް ފަރާތައްވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ، އެ ބިމަކަށް ބިޑް ކޮށްގެންނެވެ.

ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި އެޗްޑީސީގެ ބިޑް އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އިއުލާނުގައިވެ އެވެ. އަދި އެކަމަށް އެދޭ ފަރާތްތަކުން މި ޕޯޓަލްގައި ރަޖިސްޓްރީކުރުމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވަނީ މެއި މަހުގެ 9 ވަނަ ދުވަހުގަ އެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެޗްޑީސީ ގެ ހޮޑްލައިން ނަންބަރު 1516 އަށް ގުޅުމަށް އެ ކުންފުނިން އެދިފައިވެ އެވެ.

  1. ތެދުބަސް

    ފަޒުލް އާއިލާ އަށް