ޚަބަރު

ހައުސިންގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނާއިފް ޝައުކަތު ރައީސް ޔާމީންއާއެކު--

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވި ނާއިފް ޝައުކަތު ނައީމްއާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމު ފުރުއްވި ހަސަން ވަހީދުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި އެވެ.

Ads by STELCO

ނާއިފްއާއި ހަސަން ވަހީދުގެ މައްޗަށް ދައުވާކުރަން ފޮނުވިކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކޮށް އެ އިދާރާއިން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ ދެ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވީ މާލޭގެ ގޯއްޗަކުން ދައުލަތުން ލިބިފައިވާ ބައެއް ވިއްކުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށް ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާތީ ކަމަށެވެ.

އޭސީސީން ބުނީ ވިއްކި ގޯއްޗަކުން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރިފަރާތުން އެ ބިން ގަތުމަށް އެދުނު ނަމަވެސް، އެ ބިން ވިއްކާފައި ވަނީ އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށް ކަމަށެވެ.

އެ ނިންމުން އެ ގޮތަށް ނިންމާފައި ވަނީ، އޭރު އަމަލުކުރަމުން ދިޔަ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު" އާ ހިލާފަށް، އިންވެގެން އޮތް ގޯތީގެ ވެރިފަރާތުން އަދި އެހެން ފަރާތަކުން އެ ބިން ގަންނަން އެދިފައި ވަނިކޮން، އެ އެސޫލު އިސްލާހު ކުރަމުންދާ ކަމަށް ބުނެ، އެ ބިން ވިއްކުން މަޑުޖައްސާލައި، އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށް ކަމަށް ވެސް އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

"ޖުމްލަކޮށް ހަަސަން ވަހީދާއި ނާއިފު ޝައުކަތު އަމަލުކޮށްފައިވާ ގޮތަށް ބަލާލާއިރު އެ ދެ ފަރާތުން އަމަލުކޮށްފައިވަނީ އެ ބިން ގަތް ފަރާތަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަމަށާއި އެ އަމަލުތަކުގެ ސަބަބުން އެ ފަރާތަަށް ނާޖާއިޒް މަންފާއެއް ހޯދައިދެވިފައިވާކަން ތަހުގީގަށް ހޯދި ހެކި ގަރީނާއިން އެނގެއެވެ" އޭސީސީގެ ބަޔާނުގައި ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!