ޚަބަރު

ޓީޖީއެސްޓީއާއި ގްރީން ޓެކްސް ނުދައްކާ 166 ފަރާތެއްގެ ނަން ހާމަކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މީރާ ހުންނަ އިމާރާތް - ފޮޓޯ: ދެން

ޓީޖީއެސްޓީއާއި ގްރީން ޓެކްސް ނުދައްކާ 166 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި އެވެ.

Ads by MWSC

މީރާއިން ބުނީ އެ ފަރާތްތަކުގެ ނަން ހާމަކުރީ ޓެެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުނ،ް 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް 100،000ރ އަށް ވުރެ މަތިން ދައްކަން ޖެހާ ފަރާތްތައް ކަމަށެވެ.

ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކޮށްފައިވަނީ އެ ފަރާތްތަކުގެ ނަން ހާމަކުރުމުގެ ކުރިން ފައިސާ ދެއްކުމަށް ތަކުރާރުކޮށް ހަނދާންކޮށްދީ ތަފާތު ނޯޓިސްތައް ފޮނުވައި އިތުރު މުއްދަތުތަކާއި ފުރުސަތުތައްވެސް ދިނުމަށްފަހު ކަމުގައި މީރާއިން މައުލޫމާތު ދީފައިވެ އެވެ.

"މިގޮތުނ،ް ޓެކްސް ދެއްކުމުގެ ސުންގަޑީގެ 7 ދުވަސް ކުރިން އޮޓޮމެޓިކް ރިމައިންޑާ ކޯލެއްދ،ީ ސުންގަޑީގެ 3 ދުވަސް ކުރިން އަދި ސުންގަޑީގަ އާއި ސުންގަޑީގެ 3 ދުވަސް ފަހުން ވެސް އެސ.ްއެމ.ްއެސް މެދުވެރިކޮށް ހަނދާންކޮށްދީފައިވާނެ ކަމުގައި މީރާއިން ހާމަކުރެ އެވެ.

އަދި ސުންގަޑީގެ 10 ދުވަސް ފަހުން އެ ފަރާތްތަކަށް ފުރަތަމަ ނޯޓިސް ފޮނުވައި އެ ނޯޓިސް ފޮނުވިތާ 30 ދުވަސް ފަހުނ،ް އެންފޯސްމަންޓްގެ އިތުރު ފިޔަވަޅުތައް އަޅާނެކަން ބަޔާންކޮށް ފައިނަލް ނޯޓިސް ވެސް ފޮނުވައިފައިވާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ." މީރާއިން ބުނެފައިވެ އެވެ.

ޓެކްސް ނުދައްކާ ކުންފުނިތަކުގެ ނަން އާންމުކުރި ނަމަވެސް އެ ފަރާތްތަކުން ދައްކަން ޖެހޭ ޖުމްލަ އަދަދު ހާމައެއް ނުކުރެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!