Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކެފޭ އުސޫލުން ޑްރަގު ވިޔަފާރިކުރާ ތަނަކުން 2 މީހަކު ހައްޔަރުކޮށްފި 

ކެފޭ އުސޫލުން ޑްރަގު ވިޔަފާރިކުރާ ތަނަކުން 2 މީހަކު ހައްޔަރުކޮށްފި 

ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ތަނަކުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ފުލުހުންގެ ހައްޔަރަށް ގެންދިޔައީ ގ. ޕާކަރުހައުސް، އަބްދުالله ޖިނާހު (28އ) އާއި މ. ރޫބީ ހުސައިން ނިޔާޒު (35އ) އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އާއްމުކުރި ކޯޓު އަމުރުގައި ބުނީ އެ ދެ މީހުން ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހެޅިފައިވާ ކަމަށެވެ. އެމީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

Advertisement
Allied — Dhen Online (box)

އެ ދެ މީހުންގެ 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ބަންދުގައި ބަހައްޓަން ޖެހޭ ހާލަތް އޮތް ކަމަށް ދެކޭ ސަބަބެއް ކަމަށް އެ އަމުރުގައި ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅުންހުރި ރެކޯޑް ހިމެނޭތީ އާއި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާކަމުގެ ތުހުމަތުކުރެވޭތީ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް