ޚަބަރު

ސައްހަ ނޫން 500 ރުފިޔާ މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ސައްހަ ނޫން 500 ދިވެހި ރުފިޔާގެ ނޯޓު މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

Ads by Hajj Corporation

އެ މައްސަލާގައި ފުލުހުންގެ ހައްޔަރަށް ގެންދިޔައީ ކ. ކާށިދޫ, ހައިވަކަރުގެ, އަބްދުالله ސައީދު (54އ) އެވެ.

އޮޅުވާލުމުގެ މައްސަލައެއްގައި ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ބަންދަށް 3 ދުވަހުގެ މުއްދަތެއްދީފައިވެ އެވެ.

ބަންދުގެ މުއްދަތު ޖެހި ކޯޓު އަމުރުގައި ބުނެފައިވަނީ ކުށްކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅިފައިވާ ކަމަށެވެ.

އެ އަމުރުގައި ބުނެފައިވަނީ ސައްހަނޫން 500 ރުފިޔާގެ ނޫޓެއް ކެފޭއަކުން މާރުކުރުމަށް އެ މީހާ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ރުފިޔާ މާރުކުރަން އުޅުނީ މީހަކު ބުނެގެން ކަމަށް އޭނާ ބުންޏެވެ.

އެއީ ސައްހަނޫން ފައިސާކަން ނޭނގޭ ކަމަށް އެ މީހާ ކޯޓުގައި ބުންޏެވެ.

އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތް އޮތް ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވަނީ އެއީ ކައުންޓަފީޓްނޫޓާ ގުޅޭ މައްސަލައަކަށްވާތީ އެވެ.

ސައްހަ ނޫން ފައިސާ ދައުރުވަމުންދާތީ އެކަމާ މެދު ސަމާލުވުމަށް ދޭތެރެ ދޭތެރެއިން ފުލުހުން އިލްތިމާސްކުރެ އެވެ.

  1. އަމާން

    ގަބޫލު ކުރިޔަސް ނުކުރިޔަސް ޙައްލަކީ ޢުމަރު.