ދުއްވާފައި ދިޔަ ޕިކަޕެއްގައި ރޯވެއްޖެ

ބޮޑުތަކުރުފާނުމަގުން ދުއްވާފައި ދިޔަ ޕިކަޕެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން މިއަދު ޝާއިއުކުރި ހަބަރެއްގައި ބުނީ، ބޮޑުތަކުރުފާނުމަގުން އިރަށް ދަތުރުކުރަމުން ދިޔަ އެ ޕިކަޕުގައި ރޯވީ ބެޓެރި ޝޯޓެއްވެގެން ކަމަށެވެ.
އެ ބެޓެރީގައި އަލިފާން ރޯވިކަމުގެ ރިޕޯޓު މިއަދު ހެނދުނު 08:39 ހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ސިފައިން ބުންޏެވެ.
އެގޮތުން، ފަޔަ ފައިޓަރުން ކުރި މަސައްކަތުން އެ ޕިކަޕުގެ ބެޓެރީގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު ހެނދުނު 08:42 ހާއިރު ކަމަށާއި އެ ހާދިސާގައި ވެސް މީހަކަށް އަނިޔާއެއްވިކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.