ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރިކަން ސާބިތުވެ ހަތަރު މީހަކު އުމުރަށް ޖަލަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ:ދެން

މަސްތުވާތަކެތީގެ ވިޔަފާރިކުރިކަން ސާބިތުވި 4 މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

Ads by Sosun Fihaara

އެ މައްސަލައިގައި ޖަލަށް ލާން ހުކުމް ކުރީ ގދ. ތިނަދޫ ރަންގަލް/ހަސަން ލޫތުއާއި ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45/ ހަސަން ރަޝީދު، ތިމަރަފުށީ ވައިޓްރޯސް/ އިސްމާއީލް ޝަރީފް އަދި މއ. ހަސްލަތު/ ޝާނިޔާ އިބްރާހިމް އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނީ އެ މީހުންގެ މައްޗަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރިކަމުގެ ކުށް ސާބިތުވާ ކަމަށެވެ.

ހުކުމްގައިވާ ގޮތުން އެ މީހުން 2021 ވަނަ އަހަރު ހައްޔަރުކުރީ މަސްތުވާތަކެތީގެ ނެޓްވޯކެއްގެ ތެރެއިން ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކަމުގެ އިންޓެލިޖެންސް ރިޕޯޓެއް ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނަކުން ނެވެ.

އޭގެ ތެރެއިން ލޫތު ދިރިއުޅޭތަކުން 1.5 މިލިއަނެއްހާ ރުފިޔާ ފެނުނު ކަމަށް ވެސް ހުކުމްގައި ބުނެފައި ވެއެވެ. އަދި ޝާނިޔާއާއި ޝަރީފް ތިބި ގެސްޓްހައުސްއަކުން 76,675ރ ފެނިފައިވެ އެވެ.

އަދި އެއިން ކޮންމެ މީހެއްގެ އަތުން 4 ގްރާމަށްވުރެ ގިނައިން ޑައިމޯފިން ފެނުނު ކަމަށާއި އަދި މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހެއްގެ އަތުގައި 4 ގްރާމަށް ވުރެ ގިނައިން ޑައިމޯފިން ހުރެއްޖެނަމަ އެއީ ޓްރެފިކް ކުރުމަށް ބޭނުންކުރި އެއްޗެއް ކަމަށް ބެލެވޭނެކަން ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!