Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

2 ކިލޯގެ ޑްރަގާ އެކު އިންޑިއާ ދެމަފިރިން ހައްޔަރުކޮށްފި 

2 ކިލޯގެ ޑްރަގާ އެކު އިންޑިއާ ދެމަފިރިން ހައްޔަރުކޮށްފި 

2 ކިލޯގެ މަސްތުވާތަކެއްޗާއެކު އިންޑިއާގެ ދެމަފިރިން ރާއްޖެއިން ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު ޝޯއިބް, (41އ) އަދި އައިޝާ (38އ) އެވެ.

އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން 3 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އެހާ ކުރު މުއްދަތެއް ދިނީ ތަރުޖަމާނަކު ހަމަޖެހިފައި ނުވާތީ ކަމަށެވެ.

Advertisement
HDC — Sidebar (box)

ކޯޓު އަމުރުން އެނގޭ ގޮތުގައި މަސްތުވާތަކެތި ފެނިފައިވަނީ އެ ދެމަފިރިން ރާއްޖެ އައިއިރު ގެނައި ލަގެޖުންނެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އެ ދެމީހުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަން އެނގޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހިމެނޭ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

އަމުރުގައި ބުނީ އެ ފަރާތްތަކަށް ވަކީލެއްގެ ފުރުސަތު އޮތް ކަމަށް އެ ފަރާތަށް އައިއޯ އަންގާފައިވާ ކަމަށެވެ.

ތަރުޖަމާނަކު ހަމަޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް ޝަރީއަތް ފެށި ހިސާބާ ހަމައަށް ވެސް ތަރުޖަމާނަކު ހަމަޖެހިފައި ނުވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

އަދި އައިއޯއަށް ހިންދީ ބަސް އެނގޭތީ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އައިއޯ މެދުވެރިކޮށް ތަރުޖަމާކޮށް ކަމަށް ވެސް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް