ޚަބަރު

ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތި އެތެރެކޮށްފިނަމަ 30،000 ރުފިޔާއިން ޖޫރިމަނާކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރާއްޖޭއަށް ވަގަށް އެތެރެކޮށް ގެންގުޅެނިކޮށް އަތުލައިގަތް ނެތި ދިއުމުގެ ބިރު ހީވެފައިވާ ސްލޯ ލޮރިސް---

ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތި އެތެރެކުރާނަމަ 30،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ނެެތި ދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ދޫކުރާ ހުއްދައާއި ވިޔަފާރިކުރާ ފަރާތްތަކާއި ތަކެތި ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

Ads by MWSC

ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް މިއަދު އަމަލުކުރަން ފެށި ގަވައިދުގައި ބުނީ ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ އެއްޗެއް ހުއްދަޔާއެކު މެނުވީ އިމްޕޯޓްކުރުމާއ،ި އެކްސްޕޯޓްކުރުމާއި ރީއެކްސްޕޯޓްކުރުމާއ،ި ކަނޑުން އެތެރެކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި އެފަދަ ދިރުމެއް އެތެރެކުރުމަށް ބޭނުންވާ ހުއްދަނެތި އެތެރެކޮށްފި ނަމ،ަ އެ އެތެރެކުރި ކޮންމެ އެއްޗަކަށް 30،000 ރުފިޔާގެ މަގުން އެ އެއްޗެއް އެތެރެކުރާ ފަރާތެއް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އަދި ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް ގާނޫނާއި  ގަވާއިދުގެ ދަށުން ދޫކުރާ ހުއްދަޔާއެކު މެނުވީ އިމްޕޯޓްކުރުމާއ،ި އެކްސްޕޯޓްކުރުމާއ،ި ރީއެކްސްޕޯޓްކުރުމާއ،ި ކަނޑުން އެތެރެކުރުމަކީ ވެސް މަނާކަމެއް ކަމަށް ބުނެފައިވެ އެވެ.

"އެފަދަ ދިރުމެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް އެތެރެކުރުމަށް ބޭނުންވާ ހުއްދަ ނެތި އެތެރެކޮށްފި ނަމ،ަ އެތެރެކުރި ކޮންމެ އެއްޗަކަށް 10,000 ރުފިޔާގެ މަގުނ،ް އެ އެއްޗެއް އެތެރެކުރާ ފަރާތެއް ޖޫރިމަނާކުރެވޭނެއެވެ" ގަވައިދުގައި ބުންޏެވެ.