Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދުންފަތުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މާސްޓަ ޕްލޭނެއް އެކުލަވާލަނީ

ދުންފަތުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މާސްޓަ ޕްލޭނެއް އެކުލަވާލަނީ

ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މާސްޓަޕްލޭނެއް އެކުލަވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ވޭޕް މަނާކުރަން ނިންމަވައިފަ އެވެ. އަދި ރައީސްގެ އެ ނިންމެވުމާ ގުޅިގެން ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ގާނޫނާއި ގަވާއިދުތައް އިސްލާހުކުރަން މިހާރު ވަނީ މަސައްކަތް ވެސް ފަށައިފަ އެވެ.

ރައީސް އޮފީހުން މިއަދު ޝާއިއު ކުރި ހަބަރެއްގައި ބުނީ އެ ގާނޫނުތަކާއި ގަވައިދުތަކުގެ އިސްލާހުތައް ތަންފީޒުކުރުމާއެކު، ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މާސްޓަޕްލޭނެއް އެކުލަވާލަން ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

އެ މާސްޓަޕްލޭނަކީ ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ހާސިލުލުކުރެވޭނެ ފަދަ ރިއަލިސްޓިކް މާސްޓާޕްލޭންއަކަށް ހެދުމަށް އަމާޒު ހިފާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި އެ މާސްޓަޕްލޭންގައި ދުންފަތާ ދުރު މުޖުތަމައުއެއް ބިނާކުރުމަށް އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތައާރުފުކުރުމާއެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާއީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމެނޭ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އަދި ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފަރުވާ، ކޮންމެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުއްވުމަށްވެސް ރައީސް ނިންމަވާފައިވާ ކަަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް