Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކޮށް އިނާމު ދެނީ

ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކޮށް އިނާމު ދެނީ

ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކޮށް އިނާމު ދޭން ނިންމައިފި އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މާސްޓަޕްލޭނެއް އެކުލަވާލަން ނިންމިކަން ހާމަކޮށް ރައީސް އޮފީހުން ބުނީ އެ މާސްޓަޕްލޭންގައި ދުންފަތާ ދުރު މުޖުތަމައުއެއް ބިނާކުރުމަށް އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތައާރުފުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާއީ ކަމަކަށް މާލީ އެހީތެރިކަން ދޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

Advertisement
Ooredoo — Truecaller (box)

ދުންފުތުގެ އިސްތިއުމާލު ނުކުރާ ރަށްރަށުގެ ގޮތުގައި މީގެ ކުރިން ބައެއް ރަށްރަށުން އެކަން ކުރިން އިއުލާންކޮށްފައިވެ އެވެ. ނަމަވެސް އެކަން ދެމެހެއްޓުނުކަން ކަށަވަރުކުރެވިފައެއް ނުވެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމުގެ ގޮތުން މިހާރު އެންމެ ބޮޑަށް ވައިގައި ހިފައިގެން އުޅޭ ވޭޕްއާ ގުޅޭ ތަކެތި ރާއްޖެ އެތެރެކުރުން ވެސް މަނާކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އަދި އެ ނިންމުމަށް އަމަލުކުރަން ފަށަން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ވެސް މިހާރު ސަރުކާރުން ވަނީ މަސައްކަތް ފަށައިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް