Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުން އަވަސްކުރަން މަޝްވަރާކޮށްފި

ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުން އަވަސްކުރަން މަޝްވަރާކޮށްފި

ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުން އަވަސްކުރަން މަޝްވަރާކޮށްފި އެވެ.

ފެލިވަރުގެ ކޯލްޑް ސްޓޯރޭޓް ކެޕޭސިިޓީ ބޮޑުކުރުމަކީ އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އަދި މަޝްރޫޢުގެ މަސައްކަތް މޮނިޓަރކޮށް، މަސައްކަތް އަވަސް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށް ފިޝަރީޒް މިނިސްޓްރީއާއި އިންޑިއާގެ އެގްޒިމް ބޭންކުގެ ޓެކްނިކަލް ޓީމެއް މިއަހަރުގެ ޖުލައި 17 ވަނަ ދުވަހު ވަނީ ފެލިވަރަށް ގޮސްފައެވެ.

Advertisement
Allied — Dhen Online (box)

އަދި އޭގެ ފަހުން ނިމިގެން ދިޔަ ހަފްތާގައި އިންޑިއާގެ އެގްޒިމް ބޭންކުގެ ޓެކްނިކަލް ޓީމެއް އަނެއްކާވެސް ވަނީ ރާއްޖެ އައިސް ފިޝަރީޒް މިނިސްޓްރީއާއެކު ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.

ފިޝަރީޒް މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ފެލިވަރުގައި އަޅާ މަސް ރައްކާކުރާ ފެސިލިޓީގެ މަސައްކަތް އަވަސްކޮށް، މަސްވެރިންނަށް ހިދުމަތް ދިނުން އަވަސް ކުރުން ކަމަށް ބުނެފައި ވެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އުތުރުގައި މަސްވެރިކަން ކުރާ މަސްވެރިން ބާނާ މަސް ގަނެ ރައްކާކުރުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް